ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2017/209
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 26 ސެޕްޓެންބަރު 2017 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                                                                                                     

                                                        ނަންބަރު: (IUL)101-AF/1/2017/209      

 

ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް 1: ޕްރޮޖެކްޓް މެނޭޖަރ

އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު:

  • އެންޓަރޕްރިނިއަލް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޓްމިނިސްޓްރޭޝަން، އިކޮނޮމިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައިވުން.
  • ސަރުކާރު ނުވަތަ ޕްރައިވެޓް ކުންފުންޏެއްގައި މެނޭޖްމަންޓް ލެވެލް ވަޒީފާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން
  • ޕްރޮޖެކްޓް މެނޭޖްކުރުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގުން.

 

މުސާރަ:  14,000ދިވެހި ރުފިޔާއިން ލިބޭނެއެވެ.

ސާރވީސް އެލަވަންސް: 8000 ރުފިޔާ (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 350 ރުފިޔާ އުނިކުރެވޭނެއެވެ. މީގެތެރޭގައި ބަންދުދުވަހެއްގައި ޚިދުމަތައް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތައްވެސް ހިމެނޭނެއެވެ.)

 

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

ވަޒީފާގެ މުއްދަތު: 1 އަހަރު

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް

 

މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ތަފްސީލް ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

 

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 26 ސެޕްޓެންބަރު 2017 ވާ އަންގާރަދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]

13 ސެޕްޓެންބަރު 2017