ވަޒީފާގެ ފުރުޞަތު
ނަންބަރު: GS41-IUL/2017/20
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 13 އޮގަސްޓް 2017 13:30
އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
Iulaan

      ނަންބަރ: GS41-IUL/2017/20

އިއުލާން

 

މަޤާމް:                 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ J-133760         

ބޭނުންވާ އަދަދު:           1

މަޤާމުގެ ގިންތި:            ދާއިމީ

މަޤާމުގެ ރޭންކް:            GS3

މަޤާމުގެ ކްލެސިފިކޭޝަން:      އޮފިސްރ ގްރޭޑް 1

ސެކްޝަން:               ބަޖެޓް

މަޤާމް އޮތް އޮފީސް:          އިރުޝާދިއްޔާ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:     އިރުޝާދިއްޔާ ސްކޫލް، މަރަދޫ، މަރަދޫފޭދޫ

މުސާރަ:                 -/4465 ރ

ސަރވިސް އެލެވަންސް:        -/1500 ރ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ދާއިރާ:  - އެކައުންޓިން / ފައިނޭންސް / ބިޒްނަސް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ބަޖެޓް ފައިސާއާއި  ފަންޑް ފައިސާ ، ގަވައިދާ އެއްގޮތަށް، ފޮތްތަކުގައްޔާ ޗޮމްޕިއުޓަރުގައި ލިޔެ ބެލެހެއްޓުމާ ފައިލްކުރުން.
  2. ބަޖެޓާއި ފަންޑުން ޚަރަދުކުރަން ހުއްދަދެވޭ ފައިސާއަށް ޗެކްލިޔުމާއި ޗެކްލިބެންޖެހޭ ފަރާތްތަކަށް ގަވާއިދާއި އެއްގޮތަށް ޗެކްހަވާލުކުރުން.
  3. ކޮންމެ މަހެއް ނިމުމުން ބޭންކް ސްޓޭޓް މަންޓް ހޯދައި ، ބަޖެޓް ފައިސާއާއި އެހެނިހެން ފައިސާގެ ރިކޮންސިލިއޭޝަން ތައްޔާރުކުރުކޮށް ރިޕޯޓް ހެދުމާ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ރިޕޯޓް ފޮނުވުމާއި ފައިލްކުރަންޖެހޭ ތަކެތި ފައިލްކުރުން.
  4. ސްކޫލަށް ލިބޭ ބިލްތައް ބެލެހެއްޓުމާއި ނިމޭ ބިލްތައް ފައިލްކުރުން.
  5. ސްކޫލްގައި ކުރެވޭ މަރާމާތުތަކާއި ގުޅިގެން ލިޔަންޖެހޭ ތަކެތި ލިޔުމާއި އެސްޓިމޭޓްތަކަށް މައުލޫމާތުދިނުމާ އެސްޓިމޭޓްތައް ބަލައިގަތުމުގެ އިންތިޒާމް، ބަޖެޓާއިބެހޭ އިސް މުއައްޒަފުގެ މަޝްވަރާއިއެކުކުރުން.
  6. މަރާމާތު ކުރުމަށް ގަވައިދާއި އެއްގޮތަށް އަގުހޯދުން.
  7. ސްކޫލަށް ލިބޭ އާމްދަނީ ފައިސާ އާއި ، އެހެނިހެން ފައިސާ ބަލައިގަތުމާއި ރަސީދު ހެދުމާއި ފޮތްތަކަށް ވެއްދުމާއި ބޭންކަށް ޖަމާކުރުން.
  8. މުއައްޒަފުންގެ އިތުރުގަޑީގެ ފޮތްތައް ތައްޔާރުކުރުމާ އިތުރުގަޑި ޗެކްކުރުން.
  9. މުސާރަ ޝީޓްތައްޔާރުކޮށް މުއްދަތަށް ފޮނުވުމާއި ޕޭސްލިޕް ތައްޔާރުކޮށް މުއައްޒަފުންނަށް ދިނުން.
  10. އޮފީސް ހުޅުވަން ޖެހިއްޖެ ޙާލަތެއްގައި އޮފީސް ހުޅުވައި ލެއްޕުމާއި ، ގަޑިޖެހޭ މުވައްޒަފުން ޙާޟިރީގައި ރެކޯޑްކޮށް ބެލެހެއްޓުމާއި ތާވަލާއި އެއްގޮތަށް ބެލްޖެހޭކަން ކަށަވަރު ކުރުން.

 

  1. އެޑްމިން އޮފިސަރަކު ޗުއްޓީގައި ހުންނަވާއިރު، އޭނާގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތް ކުރުން.
  2. ސްކޫލަށްދިމާވާ ބޮޑެތިކަންތައްތަކާ ޚާއްސަ ކަންތައްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ ކަންތައްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ (އެކައުންޓިން/ފައިނޭންސް/ބިޒްނަސް) ދާއިރާއކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލެ 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި އެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ ގްރޭޑް ލިބިފައިވުމާއި އެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް

ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

 

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އިރުޝާދިއްޔާ ސްކޫލް ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮގަސްޓް 2017 ވާ އާދީއްތް ދުވަހުގެ 13.30 ގެ ކުރިން، އިރުޝާދިއްޔާ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް  ބަލައިގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  14 އޮގަސްޓް 2017   އާ 17 އޮގަސްޓް 2017 ދެމެދު، އިރުޝާދިއްޔާ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

%30 (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6891601 ނަންބަރު ފޯނާއެވެ. އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

11 ޛުލްޤަޢިދާ 1438

3 އޮގަސްޓް 2017           

 

 

                                          

03 އޮގަސްޓް 2017