| 
 މަޤާމު: ނެޓްވާރކް އެޑްމިނިސްޓްރޭޓަރ 
 | 
| 
 މުސާރަ  އާއި އެލަވަންސް: 
 | 
 މަހަކު -/10500 ރުފިޔާ 
 | 
 ރޭންކް 
 | 
 TP4 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
 މަޤާމުގެ ބާވަތް 
 | 
 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް 
 | 
| 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 ޕަބްލިކް ސަރވިސް މީޑިއާ 
 | 
 ޑިޕާޓްމަންޓް 
 | 
 އިންޖިނިއަރިންގ/އައިޓީ 
 | 
| 
 މަޤާމުގެ ޝަރުތު: 
 | 
 މަޤާމުގެ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ކުންފުނީގެ ނެޓްވާރކްތައް ބެލެހެއްޓުން(ކޯޕަރޭޓް އަދި ބްރޯޑްކާސްޓް ނެޓްވާރކް)
 
- އިންޓަނެޓް ޕެރެޕެރެލްސްތައް އިންސްޓޯލްކުރުމާއި އެތަކެތި ކޮންފިގަރ ކުރުން.
 
- ހުރިހާ ސާރވާތައް ބެލެހެއްޓުމާއި މެއިންޓެއިން ކުރުމާ ސަރވާތަކުގެ ބެކްއަޕްނެގުން.
 
- އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ކޮންފިގަރ ކުރުން.
 
- ނެޓްވާރލް ފަޔަރވޯލްތައް ބެލެހެއްޓުމާއި އެތަކެތި ކޮންފިގަރ ކުރުން.
 
- ކުންފުނީގެ މުވައްޒަފުންގެ ޔޫސަރ އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.
 
- އީ-މެއިލް އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.
 
- އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި،އެންމެ އެކަށޭނަ ގޮތެއްގައި އެތަކެތި ބޭނުން ކުރެވޭނެ ގޮތްތައް ހޯދާ،ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން.
 
- ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައ، ބްރޯޑްކާސްޓިންގ ތެރެއަށް ތަޢާރަފްވާ ކަންތައްތައް ރިސާރޗް ކުރުމާއި،ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތް ކުރުން.
 
- އިންޓަރނެޓް މެދުވެރިކޮށް ދެވޭޚިދުމަތް، ކުންފުނީގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކަށް ފަސޭހަ ނިޒާމެއްގައި ދަށުން ވީ އެންމެ ފުޅާދާއިރާއެއްގައި ލިއްބައިދިނުމަށް މަސައްކަތްކުރުން.
 
- މަސައްކަތް ކުރަން ގެންގުޅޭ ޓޫލްތަކާއި،ލައިސަންސް ކީ އަދި ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
 
 
 | 
| 
 ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
 
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
 
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
 
- ޕޮލިސް ރިޕޯޓް
 
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
 
 
 | 
| 
 އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: 
 | 
-  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
 
 
 | 
| 
 ސުންގަޑި 
 | 
 މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 އޯގަސްޓް 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. 
 | 
| 
 އިތުރު މަޢްލޫމާތު: 
 | 
 މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000284 އާއި ގުޅުއްވުން އެދެމެވެ. 
 |