ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2013/99
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 16:42
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އުޅަނދުފަހަރުގެ ވެރިފަރާތް ބަދަލުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ޤާނޫނީ ފޯމު

މިއޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިހުންނަ އަމިއްލަ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ވެރިފަރާތް ބަދަލުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ޤާނޫނީ ފޯމު ނަންބަރު 28/79 (ސަރުކާރުގައި ރަޖިސްޓަރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) 1 ނޮވެންބަރު 2013 ގެ ފަހުން މިއޮތޯރިޓީއަށް ހުށަހަޅަންވާނީ ޤާނޫނީ ފޯމު ފުރަތަމަ ފުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަނުވާ ފޯމު ކަމުގައި ދަންނަވަމެވެ. އަދި މި މުއްދަތު ހަމަވެފައިވާ ޤާނޫނީ ފޯމުތައް 1 ނޮވެންބަރު 2013 ގެ ފަހުން މިއޮތޯރިޓީން ބަލައިނުގަންނާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

17 ޛުލްޙިއްޖާ 1434

22 އޮކްޓޫބަރު 2013