މަސައްކަތް
ނަންބަރު: H-2017/136
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 01 އޮގަސްޓް 2017 10:29
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ވ.ރަކީދޫ އިންޖީނުގޭ އޮފީސް ޢިމާރާތް 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ، ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ:H-2017/136

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

މި ކުންފުނީގެ ވ.ރަކީދޫ އިންޖީނުގޭ އޮފީސް ޢިމާރާތް 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ، ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 30 ވާ (އާދިއްތަ) ދުވަހުގެ 10:30 އަށް މިކުންފުނީގެ ވ.ރަކީދޫ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

 

 މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފްޞީލް:

 އަގަށް: 90 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 90X

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

- ހުށަހަޅާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރެވޭނީ ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. 

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2017/ 136

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 އޮގަސްޓް 01 ވާ (އަންގާރަ) ދުވަހުގެ 10:30 ގައި ވ. ރަކީދޫ އިންޖީނުގޭގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 01 ވާ (އަންގާރަ) ދުވަހުގެ ދުވަހުގެ 10:30 އަށް އިންޖީނުގެއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

01 ޛުލްޤަޢިދާ 1438

ނޯޓް:

  • މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv   ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

24-07-2017

 

 

24 ޖުލައި 2017