ދެންނެވުން
ނަންބަރު: (IUL)460-BU/460/2017/7
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 15 އޮގަސްޓް 2017 14:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
"މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ 2017" އަށް ކުރިމަތިލުމަށް ހުޅުވައިލުން

ޤަނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން ދައުލަތުގެ އިދާރާތަކުން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން ވީހާ ވެސް ގިނައިން މަޢުލޫމާތު ޢާއްމުކުރުމަށް ހިތްވަރު ދިނުމަށާއި ޙަވާލާދެވުނު ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފަސޭހަ ކަމާއެކު މަޢުލޫމާތު ލިބޭނޭ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ހޮވައި، މަޢުލޫމާތު ހާމަކުރާ މިންވަރަށް ބަލައިގެން ދައުލަތުގެ އިދާރާތައް ދަރަޖަކުރުމުގެ މަސައްކަތް ކޮންމެ އަހަރަކު ވެސް މިއޮފީހުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރެކޭ ވެސް އެއް ފަދައިން "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" އަށް ކުރިމަތިލުމުގެ ފުރުޞަތު ދައުލަތުގެ އިދާރާތަކަށް ހުޅުވައިލައި މިކަން ޢާއްމުކޮށް އިޢުލާންކުރަމެވެ.

ވީމާ، މި ވަނައަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އިދާރާތަކުން މި އިޢުލާނާއިއެކު މިވާ، ފޯމު ފުރިހަމަ ކުރައްވައި، އެ އިދާރާއެއްގެ ރަސްމީ ތައްގަނޑު ޖެއްސެވުމަށް ފަހު 15 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފޯމު މި އޮފީހަށް ފޮނުވައިދެއްވުމަށް ދެންނެވީމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުނަމަ 9738737 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

                   12  ޝައްވާލް 1438

06 ޖުލައި 2017