| 
 މަޤާމު: މެނޭޖަރ މާރކެޓިންގ 
 | 
| 
 މުސާރަ  އާއި އެލަވަންސް: 
 | 
 މަހަކު -/17500 ރުފިޔާ 
 | 
 ރޭންކް 
 | 
 EX4 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
 މަޤާމުގެ ބާވަތް 
 | 
 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް 
 | 
| 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 ޕަބްލިކް ސަރވިސް މީޑިއާ 
 | 
 ޑިޕާޓްމަންޓް 
 | 
 އީ-ކޮމާސް އެންޑް މާރކެޓިންގ 
 | 
| 
 މަޤާމުގެ ޝަރުތު: 
 | 
 މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖްއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ކުންފުނީގެ އެންމެހާ ބްރޭންޑްތައް މާރކެޓްކޮށް، އިޝްތިހާރުކޮށް ޕްރޮމޯޓްކުރާނެ ގޮތްތައް ހޯދާ ރޭވުން.
 
- މާކެޓް ކުރެވޭނެ އާ ގޮތްތައް ހޯދުން.
 
- ކުންފުނީގެ ޕްރޮޑަކްޓްތަކުގެ ރޭންކް ދިރާސާކުރުން.
 
- މާކެޓިން ޕްލޭން ތައްޔާރުކުރުން.
 
- ޕްރޮޖެކްޓްތަކުގެ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
 
- އިވެންޓްތައް ރާވާ ހިންގުން.
 
 
 | 
| 
 ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
 
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
 
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
 
- ޕޮލިސް ރިޕޯޓް
 
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
 
 
 | 
| 
 އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: 
 | 
-  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
 
 
 | 
| 
 ސުންގަޑި 
 | 
 މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖުލައި 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. 
 | 
| 
 އިތުރު މަޢްލޫމާތު: 
 | 
 މަޢުލޫމާތު ހޯއްދެވުމަށް  3000210 ނުވަތަ 3000284 އާއި ގުޅުއްވުން އެދެމެވެ. 
 |