ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފުވައްމުލަކުގެ ދެކުނު (ދޫޑިގަން) އޮފީހުގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 12:30 އަށް ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން 2017 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް މިނިސްޓްރީގެ ފުވައްމުލަކުގެ ސެންޓްރަލް (މާދަޑު) އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6288-779 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
08 ޝައްވާލް 1438 ހ.
02 ޖުލައި 2017މ.