ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2017/104
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 11 ޖުލައި 2017 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

އިޢުލާން                                     

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-251768

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު / އިންޓަރނޭޝަނަލް ހެލްތު ސެކްޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ތަމްސީލު ކުރަންޖެހޭ ބައިނަލް އަޤްވާމީ ބައްދަލުވުން ތަކަށް ބޭނުންވާ ކަރުދާސްތައް ސުޕަވައިޒަރގެ އިރުޝާދާ އެއްގޮތަށް ކުރުން
  2. މިނިސްޓްރީ އާއި އެހެން ޤައުމުތަކާއި މެދު ބޭއްވޭ ބައްދަލުވުންތަކަށް ތައްޔާރު ވުމަށާއި ބައްދަލުވުން ތަކުގެ ނިންމުންތަކާއި ގުޅިގެން ކުރަންޖެހޭ މައްސަކަތްތައް ސުޕަވައިޒަރ ގެ އިރުޝާދާ އެއްގޮތަށް ކުރުން
  3. ހެލްތް ދާއިރާއިން ބައިނަލް އަޤްވާމީ ޖަމްޢިއްޔާއަތްތަކަށް ކަނޑައެޅިފައިވާ މުއްދަތު ތަކުގައި ފޮނުވަން ޖެހޭ ރިޕޯރޓްތައް ތައްޔާރު ކުރުމާއި، ޗަންދާތައް ގަވާއިދުން ދައްކާ، މޮނިޓަރ ކޮށް ބެލުން
  4. ސެކްޝަންގެ މަސައްކަތް ތަކާއި ގުޅިގެން ކުރަންޖެހޭ ފައިލްކުރުން، ސިޓީބޭރުކުން، އަދި އެހެންވެސް މުޙިއްމު އެޑްމިނިސްޓްރޭޓިވް މަސައްކަތް ދުވަހުން ދުވަހަށް ނިންމުން.
  5. ހެލްތް ދާއިރާއާއި ގުޅުންހުރި ޕްލޭންތައް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކްޝަން ޕްލޭންތައް ހެދުމުގައި ރާއްޖޭގެ ފަރާތުން ތައްޔާރުކުރަންޖެހޭ ޑޮކިއުމެންޓްސް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ހެދުން.
  6. ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގެ ނިންމުންތަކަށްފަހު އެހީ ހޯދުމަށް އެއްބަސްވެވޭ ދާއިރާތަކަށް އެހީހޯދުމާއި އެކަމާގުޅޭ އެހެނިހެން ފޮލޯއަޕް މަސައްކަތްތައްކުރުން.
  7. މިނިސްޓްރީ އޮފް ހެލްތުގެ ދާއިރާ ބޭނުންވާ ރިޕޯޓްތަކާއި ކަރުދާސްތައް ތައްޔާރުކުރުމުގެ މަސައަކަތް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން.
  8. ޑިވިޝަންގެ ރަސްމީ މަސައްކަތާއި ގުޅޭގަތުން ހަވާލު ކުރެވޭ އޮފީސް މަސައްކަތް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން.    
  9. ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތައް ފައިލްކުރުމާ އެރެކޯޑްތައް ގަވާއިދުން ބެލެހެއްޓުން.
  10. ސެކްޝަންގެ މުވައްޒަފުންނަށް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުތުތައް

  1. ޕަބްލިކް ހެލްތު / ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕަބްލިކް ހެލްތު / ކްލިނިކަލް ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

2.ޕަބްލިކް ހެލްތު / ކްލިނިކަލް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު

J-280941

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު / އިންޓަރނޭޝަނަލް ހެލްތު

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މިނިސްޓްރީ އާއި ގުޅުންހުރި ދާއިރާތަކުގެ ޙަރަކާތްތައް ހިންގުމަށް އ.ދ ގެ ޖަމްޢިއްޔާތަކުންނާއި އެހެންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • އ.ދ ގެ ޖަމްއިއްޔާތަކުން (ޔުނިސެފް، ޔޫ.އެން.އެފް.ޕީ.އޭ، ޔޫ.އެން.ޑީ.ޕީ ފަދަ) ހިންގާ މިނިސްޓްރީއާއި ގުޅުންހުރި ޕްރޮގްރާމްތައް ތަންފީޒް ކުރުމުގެ ކަންތައް ރާވާ ބަޖެޓް، އަޕްޑޭޓްސް ބަލަހައްޓާ ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބައްދަލުވުންތައް ބާއްވާ ވިލަރެސްކުރުން.
  • މިނިސްޓްރީ އާއި ގުޅުންހުރި ދާއިރާތަކުގެ ޙަރަކާތްތައް ހިންގުމަށް އ.ދ ގެ ޖަމްޢިއްޔާތަކުންނާއި އެހެންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމް/ޕްރޮޖެކްޓްތަކުގެ މިޑްޓަރމް އަދި އެނުއަލް ރިވިއު ބައްދަލުވުންތައް ބޭއްވުން.
  • ދާއިރާގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްތައް ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު ވުޒާރާތަކަށް ފޮނުވުން.
  • ޞިއްޙީ ދާއިރާއަށް ލިބޭ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ކަމާގުޅޭ ޑިޕާޓްމަންޓް/ޑިވިޜަނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރުން.
  • ސެކްޓަރގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓް / ޕްރޮގްރާމް / ރިސޯސް މޮބިލައިޒޭޝަންގެ މަސައްކަތް ތަކާ ގުޅޭ ގޮތުން ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ވަފުދު ތަކުގެ މަސައްކަތްތައް ރާވާ ވިލަރެސް ކުރުން.
  • ސެކްޓަރގެ ބައިނަލްއަގްވާމީ ޕްރޮޖެކްޓްސް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާ ތަކަށް ޤަވާޢިދުން ރިޕޯރޓް ކޮށް މަސައްކަތް ވިލަރެސް ކުރުން.
  • ޓެލެމެޑިސިން ޕްރޮޖެކްޓުގެ ދަށުން އެހީދޭ ފަރާތާއެކު ކުރަންޖެހޭ ހުރިހާ މުއާމަލާތެއްކުރުން.
  • ޓެލެމެޑިސިން ޕްރޮޖެކްޓުގެ ދަށުން ސްކޮލަރޝިޕްގައި ކިޔަވަމުންދާ ކުދިންގެ ސްޓައިޕެންޑް އަދި ޓިއުޝަންފީ ޓްރާންސްފަރކުރުމަށް އެހީދޭ ފަރާތަށް ރިކުއެސްޓް ފޮނުވުން.
  • ދޭދޭ ގައުމުތަކާއެކު ބޭއްވޭ ބައިލޭޓްރަލް ބައްދަލުވުންތަކަށްފަހު ކުރަންޖެހޭ ފޮލޯއަޕް މަސައްކަތްތައްކުރުން.
    •   ޞިއްޙީދާއިރާއަށް ބައިނަލް އަޤްވާމީ އެކި ފަރާތަކުންނާއި ގައުމުތަކުން ދެއްވާ އެހީއާ ގުޅިގެން އެކުލަވާލާ އެގްރީމަންޓްތަކާއި އެމްއޯޔޫ ފަދަ ރަސްމީ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް/ޑިވިޜަންތަކާއެކު ވިލަރެސްކުރުން.
    • ޑިވިޝަނުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އޮފީސް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2.މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3.މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2017 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

                

                                                       

21 ޖޫން 2017