މަޤާމު: ޕްރޮޑިއުސަރ ގްރޭޑް 1
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/9950 ރުފިޔާ
|
މަޤާމުގެ ރޭންކް
|
TP5
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ޓީވީ ޕްރޮގްރާމް
|
މަޤާމުގެ ޝަރުތު:
|
މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން މަދުވެގެން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1(އެކެއް) އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1(އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓީވީ ޕްރޮގްރާމްޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ވީކްލީ އަދި ޑެއިލީ ޕްރޮގްރާމް ތައްޔާރުކުރުން.
- ޚާއްޞަ މުނާސަބަތުތަކަށް ޕްރޮގްރާމް ތައްޔާރުކުރުން.
- ސްޕެޝަލް އެސައިންމެންޓްގެ ގޮތުގައި ހަވާލުކުރެވޭ ޕްރޮގްރާމްތަކާއި، ރިކޯޑިންތަކާއި، ލައިވްތައް އުފެއްދުން.
- ޝޫޓިންގއަށް ދިއުމަށް ލޮކޭޝަން ހެމަޖެއްސުން
- ޕްރޮގްރާމަށް ބޭނުންވާ ރިސާރޗް ހެދުން
- ޕްރޮގްރާމެއްގައި އުޖޫރަދޭގޮތަށް ކަމެއް ކުރުވައިފިނަމަ އެފަރާތަށް ފައިސާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
- ސޯސަލް މީޑިއާގައި ޕްރޮގްރާމް ޕްރޮމޯޓްކުރުން
- އުފައްދާ ޕްރޮގުރާމްގައި ހިމެނޭ ހުރިހާ ބައިތަކުގެ ޒިންމާނެގުން.
- އުފައްދާ ޕްރޮގްރާމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުން
- ޕީއެސްއެމުން ކަނޑައަޅާ ތަނެއްގައި މަސައްކަތްކުރުން
- އާކައިވް ކުރެވޭ ޕްރޮގްރާމް ތަކުގެ ތަފްޞީލް ލިޔުމަށްފަހު ސެކްރެޓަރީއާއި ޙަވާލްކުރުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 02 ޖުލައި 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|
|
|
|
|
|
|
|
|
|