މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2017/79
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 15 ޖޫން 2017 12:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދޫނިދޫގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދޫނިދޫގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖޫން 12 ވާ ހޯމަ ދުވަހުން ފެށިގެން 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 50/- (ފަންސާސް) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖޫން 18 ވާ އާދީއްތަ ދުވަހުގެ 13:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

08 ޖޫން 2017