މަސައްކަތް
ނަންބަރު: (IUL)438-AU/1/2017/106
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 31 މޭ 2017 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއަށް ރާއްޖޭން ބޭރުން ގެންނަތަކެތި ކަސްޓަމްސް އިން ކްލިއަރ ކުރުމަށް

އިޢުލާން      

އަންދާސީ ހިސާބު ބޭނުންވެއްޖެ

                        މި މިނިސްޓްރީއަށް ރާއްޖޭން ބޭރުން ގެންނަތަކެތި، ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މޭ 31 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި މިނިސްޓްރީއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް ބެނުންވާ މަޢުލޫމާތު:

 

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މާއުލޫމަތާއި ކޯޓޭޝަން އާއިއެކު ހުށައަޅަންޖެހޭ މާއުލޫމާތު:

 

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، އަންނަ މުދާ، ތަކެތި ކްލިއަރ ކުރުމަށް ފަހު އެތަކެތި ރައްދުކުރުން:

  • ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

 

 

 

 

މުއްދަތު:

  • 6 (ހައެއް) މަސް.

 

އަގު:   

  • ތަކެތި ހަވާލުކުރުމުގެ ރޭޓްތައް ޕްރޮޕޯސަލް ގައި ވަކި ވަކިން އެގެންއޮންނަން ވާނެއެވެ. އަދި ތަކެތި ކްލިއަރ ކުރުމުގެ ރޭޓްތަކުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.

 

ޕްރޮޕޯސަލްގެ މުއްދަތު:

  • ޕްރޮޕޯސަލްގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

ތަކެތި ކްލިއަރ ކުރުމުގައި އަމަލުކުރަންވީ ކަންތައްތައް:

  1. މި މިނިސްޓްރީއަށް 6 މަސް ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދާ، ތަކެތި ކަސްޓަމްސް އިން ކްލިއަރކުރުން.
  2. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތައް އަގު ކަޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާފަރާތުން ހުށައަޅާފައިވާ އެސްޓިމޭޓްގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދު ތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތަށް މަސައްކަތް ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފްސީލް އެގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް ސަރަހައްދުން ނެރެންވާނެއެވެ.
  6. މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ބޭނުންވާ ލިޔެކިއުން މަސައްކަތް ހަވާލުވިފަރާތާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހަވާލުކުރުމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލާއި އެކަމެއް ރަގަޅުކުރުމަކީ މަސައްކަތް ހަވާލުވާފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި މި މިނިސްޓްރީ އާއި ހަވާލުކުރުމަށާއި މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތާއި ހަވާލުވާފަރާތުންނެވެ.

 

ޕްރޮޕޯސަލް ހުށައަޅުއްވާއިރު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ރަޖިސްޓްރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީއެއް. (ރަޖިސްޓްރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާ އެއް ނެތްކަން ހާމަކޮށްދޭ ލިޔުމެއް (މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ) އިން ހޯދުމަށްފަހު.
  • މިބާވަތުގެ މަސައްކަތް ކުރުމުގައި ހޭދަކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް.

ޕްރޮޕޯސަލް ތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ޕޮއިންޓް ( އެންމެ ކުޑަ ރޭޓްތައް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

(ށ) ޤާބިލް ކަން

  • މަސައްކަތުގެ ދާއިރާއިން ފަންނީ މީހުންތިބި ނަމަ:  06 ޕޮއިންޓް.
  • ހިންގުމުގެ ދާއިރާގައި މަސައްކަތާއި ގުޅޭ ފަންނީ މީހުން ތިބިނަމަ: 04 ޕޮއިންޓް.

 

(ނ) ތަޖުރިބާ:

  • 0–5 އަހަރަށް  05 ޕޮއިންޓް.
  • 5–10 އަހަރަށް 10 ޕޮއިންޓް.
  • 10–15 އަހަރަށް  15 ޕޮއިންޓް.
  • 15 އަހަރަށް ވުރެ ގިނަ ނަމަ 20 ޕޮއިންޓް.

 

އިތުރު މާއުލޫމާތު:

  • ތަކެތި ކްލިއަރ ކުރުމަށް އެގްރީމެންޓް ކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ. އެއީ 1 ޖުލައި 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށެވެ.
  • ތަކެތި ކްލިއަރ ކުރުމަށް ފަހު ގެންދާތަކެތި އެ އޮފީހަކުން ދައްކާތަނެއްގައި ބަހައްޓާދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެއޮފީހަކަށް މުދާ، ތަކެތި ގެންދާ ތާރީޚް އާއި ގަޑި އެންގުން.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކުރުން، އަދި ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
  • އެސްޓިމޭޓް ހުށައެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހުށަނާޅާ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެގޮތްތައް:  

 

  • އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
  • އަންދާސީ ހިސާބު ގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަނުވުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
       

 

ޕްރޮޕޯސަލް ހުޅުވުން

ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މޭ 31 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 މޭ 31 ވާ ބުދަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

17 މޭ 2017