ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިނގާ ފިޔަވަތީގައި މަސައްކަތްކޮށްދޭނެ 'ލައިފް ކޯޗެއް' ހޯދަން ބޭނުންވެއްޖެ
މި މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިނގާ ފިޔަވަތީގައި ތިބި ކުދިންނާއެކު މަސައްކަތް ކުރާނެ 'ލައިފް ކޯޗެއް' ހޯދަން ބޭނުންވެއެވެ. 'ލައިފް ކޯޗް'ގެ މައިގަނޑު މަސައްކަތްތަކާއި، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި މަސައްކަތުގެ މުއްދަތާއި އުޖޫރަ މި އިޢުލާނާއެކުވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައި ވާނެއެވެ.
ވީމާ މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް 2017 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ފޮނުއްވައިދެއްވުން އެދެމެވެ.
19 ޝަޢުބާން 1438
15 މެއި 2017