ވަޒީފާގެ ފުރުޞަތު
ނަންބަރު: KS-R/IUL/2017/14
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2017
ޕަބްލިޝްކުރި ގަޑި: 07:44
ސުންގަޑި: 14 މޭ 2017 14:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

ކަލާފާނު ސްކޫލް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރ: KS-R/IUL/2017/14

ތާރީޚް: 04 މެއި 2017

ވަޒީފާ އަދާކުރަންޖެހޭ ތަން: ކަލާފާނު ސްކޫލް

މަގާމު:  މަސައްކަތު 

ބޭނުންވާ ޢަދަދު: 1

މަގާމުގެ ނަންބަރ

J-216687

މަގާމުގެ ކްލެސިފިކޭޝަން

ސަޕޯޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް. އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަގާމުގެ ޝަރުތު

1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން

- ސްކޫލުގެ އެންމެހާ އިމާރާތްތައް، އިމްތިޙާނުތަކަށް ބޭނުންވާގޮތަށް ގޮނޑި، މޭޒު އުފުލައި އެތުރުން.

- ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ހަވާލުކުރަން ޖެހޭ ފަރާތާ ހަވާލުކުރުން

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން.  

- ސްކޫލުން ހަމަޖައްސާ ޑިއުޓީތަކަށް ނުކުމެ އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން

މިވަޒީފާއަށް އެންމެ ޤާބިލް މީހަކުހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށައަޅަން ޖެހޭ ތަކެތި

1. މައުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv (http://www.csc.gov.mv

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދެ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ  ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާއަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޯށްފައިވާ)

6. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވެ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ސުންގަޑި:

  • މިމަގާމްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން 14 މެއި 2017  ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.
  • މި މަޤާމްތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7  ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާފަރާތްތައް ޝޯޓްލިސްޓް ކުރެވުމަށްފަހު ހޮވޭ 10 ބޭފުޅުންނަށެވެ.

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3326607 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314457
  • އީމެއިލްކުރާނީ [email protected] އެވެ.

07 ޝަޢުބާން 1438

                                        03 މެއި 2017

03 މޭ 2017