މަސައްކަތް
ނަންބަރު: (IUL)30-C/30/2017/39
ޕަބްލިޝްކުރި ތާރީޚް: 20 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 08:05
ސުންގަޑި: 27 އެޕްރީލް 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ނެއްލައިދޫގެ ގޭބިސީ ތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ އަދި ފަތްކެޔޮ އުފައްދައި ދޭނެ ފަރާތެއް ހޯދުން

އިއުލާން ނަންބަރު: IUL)30-C/30/2017/39) 

ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ.ނެއްލައިދޫގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުން

 

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރު ކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ނެއްލައިދޫގެ ގޭބިސީތަކުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، އަދި ފަތްކެޔޮ އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މި ޕްރޮގްރާމަށް ގަސް އުފެއްދުމުގެ މަސައްކަތް މިއަހަރު ކުރުމަށް ހަމަޖެހިފައި ވަނީ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ރަށަކުން ގަސް އުފައްދައި ދޭނެ ފަރާތެއް ހޯދައި އެފަރާތެއް މެދުވެރިކޮށެވެ.

 

ވީމާ، ތިރީގައިވާ މައުލޫމާތާ އެއްގޮތަށް ގަސް އުފައްދަން ޝައުޤުވެރި ވެލައްވާ ފަރާތްތަކުން  27 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހދ. ނެއްލައިދޫގެ ކައުންސިލަށް ނުވަތަ މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓްރީންނަމަ 3339261 ނަންބަރު ފޯނާއި އަދި ހދ. ނެއްލައިދޫން ނަމަ 7549812 ނަންބަރު ނުވަތަ ނެއްލައިދޫ ކައުންސިލް 6520041 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

ހދ. ނެއްލައިދޫގައި އުފައްދަން  ބޭނުންވާ ގަހުގެ ބާވަތްތަކާއި އަދަދު

ގަހުގެ ބާވަތް

އަދަދު

ބަނބުކެޔޮ

73

މުރަނގަ

32

އަލަ ނިރު

444

ދަނޑިއަލުވި

222

ފަތްކެޔޮ (ބޮންތިރަތްކެޔޮ)

108

ޖުމްލަ

879

ނޯޓް: މި 5 ބާވަތުގެ ގަސް އުފައްދަން ޖެހޭނީ ރާއްޖޭގެ މުޑުވައް ބޭނުން ކޮށްގެންނެވެ. ރާއްޖޭން ބޭރުން ގަސް ގެނެސްގެން ނުވަތަ މުޑުވައް ގެނެސްގެން އުފައްދާ ގަސް ބަލައެއް ނުގަނެވޭނެ އެވެ.

ގަސްތަކުގެ ސްޕެސިފިކޭޝަން

ދަނޑިއަލުވި ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 8 ފަތް ލާފައި ހުރުން. އަދި ފަތްވަޅުތަކުން ކުރި ފަޅަން ފަށާފައިވުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)   
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެއެވެ.
  4. ގަސްތަކުގެ ޞިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން. ވަކިން ޚާއްޞަކޮށް ގުރުޑުބަލި (ވައިރަސް ބަލި) ޖެހިފައިހުރި ގަސްތަކަކަށް ވެގެންނުވާނެ.
  5. މިގޮތުން ދަނޑިއަލުވި މުޑުވައްކުރަން ފެށުމުގެ ކުރިން މުޑުވަކަށް ހިޔާރުކުރެވޭ ގަސްތަކަކީ ވައިރަސްފްރީ ގަސްތަކެއްތޯ މިނިސްޓްރީއާ ފޮޓޯ ހިއްސާކޮށްގެން ކަށަވަރު ކުރުން

ބަނބުކެޔޮ ގަސް ހުންނަންޖެހޭނެ ގޮތް

1- އެންމެ ކުރުވެގެން 10 އިންޗިއާ 18 އިންޗިއާ ދެމެދުގެ ދިގުމިން ހުންނަ ގަސް

2- ގަހުގައި މަދުވެގެން އެއްކޮށް ފޮޅިފައިވާ 6-8 ފަތް ލާފައި ހުންނަން ވާނެ (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)

3- ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ

4- ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން

މުރަނގަ ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން. އަދި މައިގަނޑުގެ ޑަޔަމީޓަރުގައި 1 ސެންޓިމީޓަރު ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަ ވެފައިވާ 6-8 ފަތްކޯޅި ލާފައި ހުރުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެ.
  4. ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން

އަލަ ނިރު ހުންނަންޖެހޭނެ ގޮތް

1- އަލަ ގަހުގެ ބުޑުން ފަޅާފައި ހުންނަ 6 އިންޗި އާއި 18 އިންޗިއާ ދެމެދަށް ހެދިފައިވާ ނިރު

2- ނިރު ނަގާފައި ހުންނަންވާނީ މުލަށް ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާނެހެން

3- އަލަ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސް ބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އަދި ނިރުތައް ފޯރުކޮށްދޭއިރު ކޮންމެސް ވަރަކަށް ވަޅޯވެފައި ހުރި ނަމަވެސް އެއްވެސް ވަރަކަށް އަނދާފައި ނުވަތަ ދޮންވާން ފަށާފައި ހުރެގެން ނުވާނެ

4- ނިރުގެ އެއްވެސް ހިސާބަކުން ފަނިފަކްސާގެ ނުވަތަ ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ

 

ފަތްކެޔޮނިރު ހުންނަންޖެހޭނެ ގޮތް

  1. ނިރު ގައި 5-3 ފޫޓު ހުރުން އަދި ނިރުގެ ބުޑު ފަލަވެފަ، ކޮޅަށް ހުންނަ ހިމަފަތްތަކެއް ހުރުން
  2. ގަހުގެ ނުވަތަ ނިރުގެ އެއްވެސް ހިސާބަކުން ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ
  3. ނިރުގެ ފަތްތައް ހުންނަންވާނީ ފެހިކުލައިގަ.
  4. ފަތްކެޔޮ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވައް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސް ބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން.

ގަސް އުފައްދަން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  • މިކަމަށް ކުރިމަތިލާ ފަރާތަކީ ގަސް އުފެއްދުމުގެ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވުން
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރެވޭ ވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތިތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވުން

ގަސް އުފައްދާ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނެއްލައިދޫގައި ގަސް އުފެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް އަދި ޓެކްނިކަލް ސްޓޭންޑެޑަށް ދެ ފަރާތުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އަމިއްލަ ތަކެތީގައި ގަސް އުފައްދާ ތައްޔާރުކޮށް މިނިސްޓްރީން އަށް އެންގުން.
  • ގަސްތައް މުޑުވައް ކުރުމަށްފަހު ގަސްތައް ހެދެމުންދާގޮތް މިނިސްޓްރީއަށް މަހަކު 1 ފަހަރު ފޮޓޯއިން ހިއްސާކުރުން.
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅާ ތާރީޚެއްގައި ނެއްލައިދޫ ކައުންސިލާއި، މިނިސްޓްރީއާ ކޯޑިނޭޓް ކޮށްގެން ގަސް ބެހުމުގެ ކަންތައްތަކުގައި އަމަލީގޮތުން އެހީތެރިވެދިނުން.

 

  • ރަށުގެ ރައްޔިތުންނަށް ބެހޭ ގަސްތައް އިންދިތޯ ގޭގެއަށް ގޮސް ކަށަވަރު ކުރުމާއި، ނުއިންދާ ފަރާތްތައް މިގަސްތައް އިންދުމަށް މީހުން ހޭލުންތެރި ކުރުވުމާ، އަދި 1 އަހަރު ދުވަސް ވަންދެން ގަސްތައް ހަވާލުކުރާ ތާރީޚުން ފެށިގެން ކޮންމެ 06 މަހަކުން މިނިސްޓްރީއަށް ރަށު ކައުންސިލް މެދުވެރިކޮށް ލިޔުމުންނާއި، ފޮޓޯ މެދުވެރިކޮށް ރިޕޯޓްކުރުން

އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް

  • ކޮންމެ ބާވަތެއްގެ ގަސް އުފައްދައި ދޭނެ އަގު ވަކިން ހުށަހެޅުން އަދި ޖުމްލަ އަގު ހުށަހެޅުން (ހުށަހަޅާ އަގުތަކަށް ބެލުމަށްފަހު ބައެއް ބާވަތްތައް އުނިކޮށް ނުވަތަ އަދަދު މަދު ކުރަން ޖެހިދާނެއެވެ.)
  • ހދ. ނެއްލައިދޫ ކައުންސިލުން ކަނޑައަޅާ ތަނަކަށް ގަސްތައް ގެނެސް ޖަމާކޮށްދޭނެ އަގު ވަކިން ހުށަހެޅުން
  • ގަސް އުފައްދާ ނާރސަރީ ހުންނާނެ ލޮކޭޝަން ބަޔާންކުރުން
  • މަސައްކަތާއި ޙަވާލުވާ ތާރީޚުން ފެށިގެން ގަސް އުފައްދާ ނިންމާ ރައްޔިތުންނަށް ބެހުމަށްޓަކައި ރަށުގެ ކައުންސިލާ ޙަވާލު ކުރާނެ މުއްދަތު. (އެކި ބާވަތްތަކުގެ ގަސްތައް އުފެއްދުމަށް ނަގާ މުއްދަތު ތަފާތު ވިޔަސް ހުރިހާ ގަސްތަކެއް ތައްޔާރުކޮށް ހަވާލު ކުރަންވާނީ އެއް ތާރީޚެއްގައެވެ.)

އަންދާސީ ހިސާބާ އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް ޖަމްއިއްޔާ ޖަމާޢަތަކުންނަމަ ރެޖިސްޓްރޭޝަން ކޮޕީ އަދި ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ
  • ކުންފުންޏެއްނަމަ ރެޖިސްޓްރޭޝަން ކޮޕީއާއެކީ، ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ އަދި ބޯޑް ރިސޮލިއުޝަން
  • އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ހުސްބިން އޮތް ގޯއްޗެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިމަސައްކަތައް ބޭނުންކުރާނީ އެހެން މީހެއްގެ ގޯއްޗެއްނަމަ، ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާއި އެއްކޮށް އެގޯތީގެ ވެރިފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް (ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ދަނޑުބިމެއްނަމަ، ރަށު ކައުންސިލުން ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމެއް (ދަނޑުގެ ބޮޑުމިނާއި، ދޫކުރިފަރާތް އަދި ދޫކުރި މުއްދަތު އިނގޭނެފަދަ ލިޔުމެއް) ނުވަތަ މިމަސައްކަތް ކުރުމަށް ބޭނުންކުރާނީ އެހެން މީހެއްގެ ބިމެއްނަމަ، ބިން ދޫކޮށްފައި ވާކަމުގެ ލިޔުމާއެކީ، ބިން ނަގާފައިވާ ފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާގޯތީގައި ނުވަތަ ދަނޑުބިމުގައި މިފަދަ މަސައްކަތެއް ކުރުމަށް ހުސް ޖާގަ ލިބޭ މިންވަރު އަންގައިދޭ ލިޔުމެއް (ކައުންސިލުން ދީފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔެކިޔުންތައް (ދަނޑުވެރިކަމާ ގުޅުންހުރި ތަމްރީނެއް ފުރިހަމަ ކޮށްފައިވާނަމަ ސެޓްފިކެޓް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދާނަމަ އެމަސައްކަތެއްގެ ތަފްޞީލާއި (ހައްދާ ބާވަތް، ދަނޑު ބިމުގެ ބޮޑުމިން) މަސައްކަތުގައި ހޭދަވީ މުއްދަތު އެނގޭނެހެން ރަށުގެ ކައުންސިލުން ދީފައިވާ ލިޔުން

ގަސްއުފައްދާދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް

އަގު

70%

މުއްދަތު

15%

ފަންނީ ތަޖުރިބާ

15%

………………………………

19 އޭޕްރީލް 2017

20 އެޕްރީލް 2017