ޢާންމު މަޢުލޫމާތު
ނަންބަރު: 113-CCD/I-2017/14
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 25 އޭޕްރިލް 2017 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ބަނދަރުގެ ގުދަނުގައި ބެހެއްޓިފައިވާ ގިނަދުވަސްވީ މުދަލާގުޅޭ

ތިރީގައި ބަޔާންކުރެވިފައި އެވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފުސީލެވެ.

ވީމާ، މި އަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި މުދާތައް ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. ދެންނެވުނު މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއްވާނަމަވެސް އެ ތަކެއްޗާމެދު ވަކިގޮތެއް ނިންމުމަށްފަހު، ބަނދަރުން ކްލިއަރކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މި މުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާމެދު ޢަމަލުކުރުމަށް މި ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކައިލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ނީލަމުގައި ވިއްކައިނުލެވޭ މުދާ ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

18 އޭޕްރިލް 2017