ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ''ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް''ގެ ދަށުން ނ. ހޮޅުދޫ، ނ. މާފަރު، ރ. މާކުރަތު އަދި ރ. އިންގުރައިދޫގައި ލޮނުފެން މީރުފެން އުފައްދާ އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރާ ޓޭންކް ބަހައްޓައި އިޖްތިމާއީ އިސްކުރުބަރީގެ އެހީގައި ފެން ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަށް އީ.އައި.އޭ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތުގެ މަޤުސަދަކީ 4 ރަށުގެ އާރް.އޯ ޕްލާންޓްސް އަދި ސްޓޯރޭޖް ޓޭންކްސް ބެހެއްޓުމުގެ ކުރިން ބޭނުންވާ އީ.އައި.އޭ ތައްޔާރުކުރުމުގެ ގޮތުން، އީ.އައި.އޭ ސްކޯޕިންގއަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީ.އައި.އޭ ސްކޯޕިންގ މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިޔާޢަތްކޮށް ސާރވޭ މަސައްކަތްތައް ކުރުމާއި، އީ.އައި.އޭ ތައްޔާރުކުރުމާއި، އީ.އައި.އޭ ރިވިއުއަރސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދާރީވުން ހިމެނެއެވެ. އަދި މީގެ އިތުރުން މިޕްލާންޓަށް ބޭނުންވާ އިލެކްޓްރިކަލް ޕެނަލް ބޯޑްގެ ޑިސައިނިންގގެ މަސައްކަތްކުރުން ހިމެނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
"ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2017 މޭ 14 ވަނަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.
އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 453-3018-960+/ 454-3018-960+
ފެކްސް: 301-3018-960+
އީމެއިލް: [email protected]
"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.