މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2017/65
ޕަބްލިޝްކުރި ތާރީޚް: 12 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 19 އެޕްރީލް 2017 14:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުށުގެ ތުހުމަތުގައި ޕޮލިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ.

    މި ސަރވިސްގެ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުޙުމަތުގައި ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ، ކޮންޓްރެކްޓް އުޞޫލުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރީލް 19 ވާ ބުދަ ދުވަހުގެ 14:00 އަށް އައްޑޫ ސިޓީގައި ނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް އަދި މާލޭގައި ނަމަ އިސްކަންދަރު ބިލްޑިންގ (އަމީނީމަގު/މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޭޕްރީލް 26  ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ  އައްޑޫ ސިޓީގައި ނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް އަދި މާލޭގައި ނަމަ އިސްކަންދަރު ބިލްޑިންގ (އަމީނީމަގު/މާލެ) އަށެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

12 އެޕްރީލް 2017