ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/12
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް އެސިސްޓަންޓް މީޑިއާރ ކޯޑިނޭޓަރ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމް: | އެސިސްޓަންޓް މީޑިއާރ ކޯޑިނޭޓަރ ، ގްރޭޑް 5 | 
| ބޭނުންވާ ޢަދަދު: | 01 (އެކެއް) | 
| ކްލެސިފިކޭޝަން / ރޭންކް: | އެމް.އެސް1 – ގްރޭޑް5 | 
| މުސާރަ: | މަހަކު -/9630 ރުފިޔާ (ނުވަހާސް ހަސަތޭކަ ތިރީސް ރުފިޔާ) | 
| ލިވިންގ އެލަވަންސް: | މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) | 
| އެހެނިހެން ޢިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| މަސައްކަތް ކުރަންޖެހޭތަން: | ކޯޕަރޭޝަނުގެ ހެޑް އޮފީސް | 
| މަސައްކަތް ކުރާ ޑިޕާރޓްމަންޓް: | ކޯޕަރޭޓް ޑިވިޜަން | 
| ފެންވަރު ނުވަތަ ޝަރުތު: | - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
 | 
| އެހެނިހެން ޝަރުތު: | - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - އެކިއެކި އިވެންޓްތަށް ރާވާ ހިންގުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު އެކަން އިންޓަވިއުގައި ސާބިތުކޮށްދިނުން އަދި - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. 
 | 
| ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | - ކުންފުނިން ހިންގާ އިވެންޓްތަކުގެ އެންމެހާ ކަންކަން ކުންފުނިން ކަނޑައަޅާ އުސޫލުން ފޮޓޯ ގުރަފްކުރުމާއި ވީޑިއޯކުރުން. - ގްރެފިކްސް ޑިޒައިންގެ މަސައްކަތްތަށް ކުރުން. - ކުންފުނިން ތައްޔާރުކުރަން ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާ އާކިޓް، ލުއިފޮތް، މަޢުލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި ލޭއައުޓް ހަދައި ފަރުމާކޮށް ތައްޔާރު ކުރުން. - ކުންފުނިން ބާއްވާ މީޑިއާ އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރުފަތުރާ ވަޞީލަތްތަކަށް ފޮނުވުމާ ކުންފުނީގެ ވެބްސައިޓު އަދި ކުންފުނިން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާއިޢުކުރުން. - ކުންފުނީން ވެބްސައިޓަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވެބްސައިޓުގައި ޝާއިޢުކުރަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަންތަކުން ހޯދައި ވެބްސައިޓަށް އަޕްލޯޑްކުރުން. - ކުންފުނީން ފަންކްޝަންތަކާ ގުޅިގެން ވެބްސައިޓުގައި ޝާއިޢުކުރާ ޚަބަރުތައް ހޯދައި، ޑެވެލޮޕްކޮށް، އަޕްލޯޑްކޮށް، އެކަށޭނަ ދަނޑިވަޅުތަކުގައި ބަދަލުގެނައުން. - ކުންފުނީގެ އެހެނިހެން ޑިޕާރޓްމަނޓްތަކުން ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން. | 
| ސުންގަޑި: | މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 އޭޕްރީލް 10 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 
 | 
| އިންޓަވިއު: | - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޭޕްރިލް މަހުގެ ތާރީޚެއްގައިއެވެ. | 
| ނޯޓް: | މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 
 | 
07 ރަޖަބް 1438
04 އޭޕްރީލް 2017