ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2017/24)
ވަޒީފާގެ ފުރުޞަތު |
މަޤާމް: ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/9,500 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މި އޮފީހުގައި ޤާއިމުކޮށްފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކާއި ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން.
ފެންވަރު ނުވަތަ ޝަރްޠު: މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
2- ވަނަވަރު
3- ދރއ. ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
29 ޖުމާދަލްއާޚިރާ 1438