ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ރުއްގަނޑުތައް މަހުކުލީގެ ގޮތުގައި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
- ޕޮލިސް ސްޓޭޝަން ގޯތީގެ އުތުރުކޮޅުން ފެށިގެން އަންހެނުންގެ ޕާކާއެކު ބުޅާމިސްކިތްމަގާ ދެމެދުގައި ނަންބަރު 01 ޖަހާފައިވާ ރައްޔިތުންގެ ރުއްތައް.
- ބުޅާމިސްކިއްްމަގުން ފެށިގެން ޒިޔާރަތްމަގާއި ދެމެދުގައިވާ ނަންބަރު 02 ޖަހާފައިވާ ރައްޔިތުންގެ ރުއްތައް:
ވީމާ، މިކަމަށްއެދޭ ފަރާތްތަކުން ކަނޑައަޅާފައިވާ ތާރީޚަށް ކައުންސިލް އިދާރާއަށް ދުރެވެ މަޢުލޫމާތުސާފް ކުރެއްވުމަށްފަހު ކަނޑައަޅާފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| މަޢްލޫމާތު ސާފްކުރުން. | 2017 މާރިޗް 20 | 10:30 ގައި | 
| އަންދާސީ ހިސާބު ހުށަހެޅުން. | 2017 މާރިޗް 22 | 11:00 ގައި | 
| މަޢްލޫމާތު ސާފްކޮށްދިނުމާއި، އަންދާސީ ހިސާބު ބަލައިގަތުން. | ފ. ނިލަންދޫ ކައުންސިލް އިދާރާގައި | |
މަޢްލޫމާތު ސާފްނުކުރާ ފަރާތްތަކަށް އެސްޓިމޭޓްގައި ބައިވެރިއެއް ނުވެވޭނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ރައްޔިތުންގެ ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފްކުރުމަށާއި އެސްޓިމޭޓް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢްލޫމާތު ފުރިހަމަނުވާ އެސްޓިމޭޓްތައް ބާޠިލް ކުރެވޭނެއެވެ. މަޢްލޫމާތު ސާފްކުރި ފަރާތްނޫން އެހެން ފަރާތެއްގެ ހަވާލުގައި އެސްޓިމޭޓް ހުށަހަޅާނަމަ އެފަރާތެއްގެ ރަސްމީ ލިޔުމެއް އެސްޓިމޭޓް ހުށަހަޅަންޖެހޭ ގަޑީގެ 1 ގަޑިއިރު ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.