ދިވެހިރާއްޖެ
| މިއިދާރާއިން ދޫކުރަމުންދާ އެއްގަމު ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެގެން ކުރި ނަންބަރު: (IUL)231-PR/231/2017/4 (18 ޖެނުއަރީ 2017) އިޢުލާނާއި ގުޅިގެން ބޭނުންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅައިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށްފީމެވެ. އަދި އެއްގަމު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރއަކަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. | |||
| މަޤާމް | އެގްޒަމިނަރ | ||
| ކޮންޓްރެކްޓް މުއްދަތު | 1 (އެކެއް) އަހަރު | ||
| މަސައްކަތްކުރަންޖެހޭ ތަން | ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ | ބޭނުންވާ ޢަދަދު | 02 | 
| ސެކްޝަން/ޔުނިޓް | ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ | ||
| އުޖޫރަ (ދުއްވުމުގެ އިމްތިޙާނަށް އެގްޒަމިނަރަށް ލިބޭ ފީ) | 2 ފުރޮޅުލީ އުޅަނދުފަހަރަށް -/15 ރުފިޔާ 4 ފުރޮޅުލީ އުޅަނދުފަހަރަށް -/25 ރުފިޔާ 4 ފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދުފަހަރަށް -/40 ރުފިޔާ | ||
| ޝަރުޠު | 
 - A1 - B1 - C1 - A0 - B2 - C2 
 | ||
| މައިގަނޑު މަސްއޫލިއްޔަތު | 1- ޓްރާންސްޕޯރޓް އޮތޯރިޓީ އިން އާޢްމުކުރައްވާފައިވާ "އެއްގަމުގައި ދުއްވާ އެއްޗެތި ދުއްވުމުގެ ޓެސްޓްދޭ އެގްޒަމިނަރުން ޓެސްޓް ދިނުމުގައި ޢަމަލުކުރަންވީގޮތް" އުޞޫލާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާ އެއްޗެތީގެ ޑްރައިވިންގ ޓެސްޓްގެ ކަންކަން ކުރިޔަށް ގެންދިއުން. 2- ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އާއި ދެމެދު ދުއްވުމުގެ ޓެސްޓް މިއިދާރާއިން އަންގާ ގޮތެއްގެ މަތިން ބޭއްވުން ނޯޓް: "އެގްޒަމިނަރުންގެ ގައިޑްލައިން" ޓްރާންސްޕޯރޓް އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. | ||
| ޚިދުމަތް ދޭ ގަޑި | ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް | ||
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި | 16 މާރޗް 2017 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށް | ||
| ހުށަހަޅަންޖެހޭ ލިޔުންތައް | 
 | ||
| މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް | - ޖިސްމާނީ ގާބިލްކަން (ޖިސްމާނީ ޤާބިލްކަން ސާބިތުކުރުމުގައި ،ޑޮކްޓަރގެ މެޑިކަލް ރިޕޯޓް އަށް ބެލޭނެއެވެ.) - ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއެކު ކަނޑައެޅިފައިވާ ވަގުތުތަކުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. | ||
| އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން | އެގްޒަމިނަރ ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 23 މާރޗް 2017 އާއި 06 އޭޕްރީލް 2017 އާއި ދެމެދު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ. | ||
| ނޯޓް | - މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. | ||
| މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 ނުވަތަ 6620261 އާއި ގުޅުއްވުން ފެކްސް ނަމްބަރ 6620043 | |||