ތަމްރީނު
ނަންބަރު: 374-C/2017/16
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:06
ސުންގަޑި: 25 އޭޕްރިލް 2017 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭނުމަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމާއި ބެހޭ

އިޢުލާން

 

ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ޙިއްސާ އިތުރުކޮށް، މަސްވެރިންނަށް ނަފާއެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހިރާއްޖެއަށް ލޭނުގެ މަސްވެރިކަން ތަޢާރަފްކޮށް، ލޭނުގެ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންވަނީ ޢާއްމުކޮށް އިޢުލާނުކޮށްފައެވެ. 

މިޕްރޮގްރާމް ކުރިއަށްގެންދާނީ ތިއަރީ ސެޝަންތަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ލޭނުއެޅުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައެވެ. މިތަމްރީން ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދިނުމާއި، ލޭނުއެޅުމަށް ބޭނުންކުރާ އާލާތްތަކަށް އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުމަށެވެ.

ވީމާ، މިތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން 2017 އޭޕްރީލް 25 ވާ އަންގާރަދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

23 ފެބުރުވަރީ 2017