ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ 2017/7/އައި.ޔޫ/ޓީ-57 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބުރުވަރީ 2017 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 21 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
17 ޖުމާދަލް އޫލާ 1438
14 ފެބުރުވަރީ 2017