ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)264/PRIV/2017/04
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 14 ފެބުރުވަރީ 2017 13:30
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު 

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

 މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 އޮފީސް:

ނޮޅިވަރަމު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ، ހދ.ނޮޅިވަރަން

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް، ޕްލޭނިންގ އެންޑް ޕްރޮޖެކްޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ކޯޕަރޭޓް އެފެއަރޒްގެ ޔުނިޓުގެ މަސައްކަތްތައް ރަނގަޅަށް ކުރެވެމުންދާކަން ޔަޤީން ކުރުން އަދި ޔުނިޓުގެ މަސައްކަތްތައް މުވައްޒަފުުންނާއި ހަވާޅު ކުރެވިފައިވާގޮތް ރިވިއުކޮށް ޒިންމާދާރުވެރިޔާގެ ލަފަޔާއެކު ގެންނަންޖެހޭ އިސްލާޙު ގެނައުން.
  2. ކައުންސިލާއި ސަރުކާރުގެ އެކިއެކި މުވައްޞަޞާތަކާއި ގުޅިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި މަސައްކަތު ބައްދަލުވުން ތަކާއި ސެމިނަރ އަދި ތަމްރީންތަކުގެ އެންމެހައި ކަންކަން ހިންގާ ބެލެހެއްޓުން
  3. ވަޒީފާ ދެއްވާ ޗިޓްތަކާއި ވަޒީފާއިން ވަކި ކުރާ ޗިޓްތައް އަދި މުވައްޒަފުންގެ ރެކޯރޑްތައް ބަރާބަރަށް ބެލެހެއްޓޭނެ އިންތިޛާމް ހަމަޖައްސައި އެރެކޯރޑްތައް ބެލެހެއްޓެެމުންދާކަން ކަށަވަރު ކުރުން.
  4. ކައުންސިލްގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންކަން، ކަމާގުޅޭ ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮަތަށް ޒިންމާދާރުވެރިޔާގެ ލަފާގެ މަތީން ހިންގުން
  5. ކައުންސިލްގެ ކޯޕަރޭޓް އެފެއަރޒް ޔުނިޓުގެ މަސައްކަތާއި ގުޅޭ ގޮތުން ޖަވާބުދާރީ ވާންޖެހޭ އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވުން
  6. ކައުންސިލްގެ ބަޖެޓަށް ލިބޭ ފައިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެއްގޮަތްވާ ގޮތުގެމަތީން ޔުނިޓްގެ މުވައްޒަފުން ލައްވާ ކުރުވާ ބެލެހެއްޓުން
  7. ބަޖެޓްގައި ނުހިމެނޭ ގޮތުން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ އެހެނިހެން ފައިސާގެ އެކައުންްޓްތަކުގެ މަސައްކަތް މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ޔުނިޓުގެ މުވައްޒަފުން ލައްވައި ކުރުވާ ބެލެހެއްޓުން.
  8. މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ފައިސާ ޤަވައިދުން ޙަވާލު ކުރޭތޯ ބަލައި ޗެކް ކުރުން
  9. އިދާރީ ހިންގުމާއި ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ޔުނިޓުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވާ ބެލެހެއްޓުން
  10. ކައުންސިލް އިދާރާއަށް ގެނެވޭ ހަރުމުދަލާއި ނައްތާލެވޭ ހަރުމުދަލުގެ އިންވެންޓްރީ ޔުނިޓުގެ މުވައްޒަފަކާއި ހަވާލުކޮށްގެން ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތީން ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމާއި ތަމްރީނު (50%)

 

މަސައްކަތުގެ ތަޖުރިބާ (12%)

 

މަސައްކަތުގެ ހުނަރު/އިންޓަވިއު އަދި ޕްރެޒެންޓޭޝަން (38%)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުގެ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ދުވަހާއި ތަން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، މި އިދާރާގެ ފަރާތުން އަންގާނެއެވެ. އިންޓަވިއުކުރުން، 2017 ފެބްރުއަރީ މަހު އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މެއި 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2017 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520043 ނަންބަރު ފޯނާއެވެ. މި އިދާރާގެ އީމެއިލް އެޑްރެހަކީ، [email protected] އެވެ.     

              19 ޖެނުއަރީ 2017

19 ޖަނަވަރީ 2017