|
މަޤާމު
|
ޑިރެކްޓަރ
|
|
އޮފީސް
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
|
މަޤާމުގެ ރޭންކް: EX 1
|
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޖެންޑަރ އީކުއަލިޓީ އެންޑް ޕްރޮޓެކްޓިވް ސަރވިސެސް ޑިވިޜަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ތަޢުލީމާއި ތަޖުރިބާ
|
1. ސޯޝަލް ސައިންސް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2. ސޯޝަލް ސައިންސް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
3. ސޯޝަލް ސައިންސް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޑިޕާރޓްމަންޓްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ޑިވިޜަންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނު ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުމާއި އެ މަސައްކަތްތައް ތަންފީޒުވާ މިންވަރު ގަވާއިދުން ބެލޭނެ އިންތިޒާމް ހަމަޖައްސައި، މަސައްކަތްކުރިއަށްދާކަން ކަށަވަރުކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހެދުމާއި، ކަމާގުޅުންހުރި ޤާނޫނުތައް މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅަންޖެހޭ ނިޒާމުތައް ޤާއިމްކުރުމާއި އެ ނިޒާމްގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައެޅުމާއި އެ މިންގަނޑުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅަންޖެހޭ ނިޒާމުތައް ޤާއިމްކުރުމާއި އެ ނިޒާމުތައް ހަރުދަނާގޮތެއްގައި މަސައްކަތްކުރަމުންދާކަން ބަލައި، އެކަށީގެންވާގޮތެއްގައި މަސައްކަތްނުކުރާ ތަންތަނުގެ މަޢުލާތު ސުޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ހައްލުކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގައި ޤާއިމްކުރަންޖެހޭ ނިޒާމްތައް ޤާއިމްކުރުމާއި، އެ ނިޒާމްތައް ހަރުދަނާގޮތެއްގައި މަސައްކަތްކުރުމަށް އެހީތެރިވެދިނުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން މިނިސްޓްރީއަށް މައްސަލަ ރިޕޯޓްކުރާނެ ނިޒާމް ޤާއިމްކުރުމާއި، ރިޕޯޓްކުރާ މައްސަލަތައް ހަލުވި ގޮތެއްގައި ބަލައި ހައްލުކުރުމާއި ފިޔަވަޅު އެޅުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގައި ޤާނޫނު މުރާޖަޢާކުރުމާއި އިޞްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެ ޙައްޤުތަކަށް ހުރަސްއެޅޭ އާމައްސަލަތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ އަނިޔާތައް ހުއްޓުވުމާ ގުޅޭގޮތުން (އިމާޖިން އިޝޫސް) މިހާރު ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ދާއިރާތަކާއެކު، ގުޅިގެން މަސައްކަތްކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ އެންމެހައި ޤާނޫނުތަކުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭނެ ނިޒާމުތައް ޤާއިމްކުރުމާއި އެ ނިޒާމްތައް ހަރުދަނާގޮތެއްގައި މަސައްކަތްކުރަމުންދާކަން ބަލައި، އެކަށީގެންވާގޮތެއްގައި މަސައްކަތްނުކުރާ ތަންތަނުގެ މަޢުލާތު ސުޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ހައްލުކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގައި ބަޔާންކުރާ މައްސަލަތަކާއި އެ ޤާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ އެންމެހައި ޤާނޫނުތަކުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ސޯޝަލް ސަރވިސަސް ޑިޕާރޓްމަންޓް މެދުވެރިކޮށް ރައްކާތެރިކަން ފޯރުކޮށްދޭކަން ކަށަވަރުކުރުން.
- ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން އަތޮޅު އަދި ރަށު ފެންވަރުގައި ތަންފީޒުކުރުމަށް ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސްތަކަށް އެހީތެރިވެދީ، އެ ތަންތަނުގައި އެ މަސައްކަތްކުރުން.
- އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހިމެނޭ އެންމެހައި މަސައްކަތްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން http://gender.gov.mv ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ގެ ވެޑައުންލޯޑް ކުރެވޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާވާ ކޯސްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމްއާއި، ރޭންކާއި، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ).
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.
|
|
ސުންގަޑި
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ފެބުރުއަރީ 7 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.
|
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ2017 ފެބުރުއަރީ މަހާއި މާރިޗު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
-ވަޒީފާއަށް އެދިފައިވާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 7އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އެކަންކަމަށް އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.
- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާއި ބެހޭ އިތުރުމައުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރިއްއާއިން ހިއްސާ ކުރެވޭނެއެވެ.
|
|
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނު ފަރާތްތައް.
- ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
- ސޯޝަލް ސައިންސް ދާއިރާއާއި ޖެންޑަރ ޑެވެލޮޕްމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ،3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|