|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމްގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
މަޤާމްގެ ރޭންކް: GS 3
|
|
މުސާރަ:
|
މަހަކު -/4465 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
|
މަސައްކަތް ކުރަން ޖެހޭ ތަން:
|
އެޑްމިން ސެކްޝަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ތަޢުލީމާއި ތަޖުރިބާ:
|
- އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް މިއިން ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އޮފީހުގެ މައި އެންޓްރީ އާއި ޑިސްޕެޗް ބެލެހެއްޓުން.
- ޚިދުމަތަށް އެދި އަންނަ ފަރާތްތަކަށް އެދޭ ކަންކަމުގައި މަގު ފަހިކޮށްދިނުން.
- އޮފީހާ ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ އޮންނަ ޤާނޫނުތަކާއި ގަވާއިދު ތަކާއި އުޞޫލުތަކުގެ ދަށުން، މަޢުލޫމާތު ފޯރުކޮށްދިނުން.
- އެކިތަންތަނަށް ފޮނުވާ ތަކެތި ރައްދުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
- އޮފީހަށް ލިބޭ ސިޓީތަކާއި އެންޓްރީތަކުގެ ތެރެއިން ގަވާއިދުން ޖަވާބު ދެމުންދާ ލިޔުންތަކާއި ޖަވާބުދިނުން ލަސްވަމުންދާ ލިޔުންތައް ބަލައި މޮނިޓަރކުރުން.
- އޮފީހުގެ މައި ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ބެލެހެއްޓުން.
- އޮފީހުގެ އަހަރު ރިޕޯޓް ތައްޔާރު ކުރުމާއި ބެހޭ އެންމެހާ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- އޮފީހުގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކުން ތަކެތި ދޫކުރުން.
- އޮފީހުގެ ގިނަދުވަސްވީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަރުޝީފުކުރުމާއި ނައްތާލުމުގެ އިންތިޒާމްތައް ހިންގައި ބެލެހެއްޓުން.
- އޮފީހުން ބާއްވާ ޖަލްސާތަކާއި އެކިއެކި ރަސްމިއްޔާތުތައް ނުވަތަ ޙަފްލާތަކުގެ ލޮޖިސްޓިކްސް އިންތިޒާމްތައް ވިލަރެސްކުރުމާއި ހަމަޖެއްސުން.
- އޮފީސް ހުޅުވާއި ލެއްޕުމާއި އޮފީސް ޑިއުޓީ ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
- އޮފީސް ފޮޅާސާފުކުރުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
- ޔުނިޓްގެ ލިޔެކިޔުންތައް ތަރުތީބުކޮށް ބަލަހައްޓާ ޔުނިޓްގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
- ސެކްޝަނަށް ލިބޭ ލިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ މަޝްވަރާގެ ދަށުން ބެލެހެއްޓުމާއި، ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން، އަދި ސެކްޝަނުން ފޮނުވާ ލިޔުންތަކަށް ވާނުވާ ބެލުމާއި، ގުޅުން ހުރި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
- ސެކްޝަންގެ ގުޅުންހުރި ލިޔުންތައް އުސޫލްތަކާއި އެއްގޮތަށް ފައިލްކޮށް ބެލެހެއްޓުން.
- މިނިސްޓްރީ (އޮފީސް) ހުޅުވާ ލެއްޕުމުގެ އިންތިޒާމުތައް ހަމަޖައްސާ ގުޅުންހުރި މުވައްޒަފުން ލައްވާ ކުރުވުން.
- މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
- ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
ސުންގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.
|
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އަދި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 2017 ޖަނަވަރީމަހާއި ފެބްރުއަރީ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.
|
|
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
- އެޑްމިން ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތައް.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|