|
މަޤާމު
|
ޑިރެކްޓަރ
|
|
އޮފީސް
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
|
މަޤާމުގެ ރޭންކް: EX 1
|
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން ސެކްޝަން/ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
|
ތަޢުލީމާއި ތަޖުރިބާ
|
1. ސައިކޮލޮޖީ، ސޯޝަލް ސައިންސް، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2. ސައިކޮލޮޖީ، ސޯޝަލް ސައިންސް، މެނޭޖްމަންޓުގެ ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
3. ސައިކޮލޮޖީ، ސޯޝަލް ސައިންސް، މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޑިޕާޓްމަންޓުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ޑިވިޜަންގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ޑިވިޜަންގެ މަސައްކަތްތަކާ ގުޅިގެން، ދައުލަތުގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކުރުމާއި، އެ ނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް އެ މަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުރުން.
- މިނިސްޓްރީން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
- އެކި ބާވަތުގެ ހާނިއްކަ ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްކުރުމާއި، މި މަސައްކަތް ވިލަރެސްކުރުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ، ބަލަހައްޓާނެ ފަރާތްތައް ހުންނަ މަރުކަޒުތައް ޤާއިމުކޮށް، އެ މަރުކަޒުތަކުގައި ބައިތިއްބައިގެން ނުވަތަ އަމިއްލަ ޖަމާޢަތްތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައި، މިކަންކަން ހިނގާނުހިނގާގޮތް ބެލެހެއްޓުން.
- ކުޑަކުދިންނާއި ޢާއިލާގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ އެފަރާތްތަކާއެކު މަސައްކަތް ކުރުން.
- މިނިސްޓްރީން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި، ލަފާދީ އެފަރާތްތަކާއެކު މަސައްކަތް ކުރުން.
- އެކިއެކި ގޮތްގޮތުން އަނިޔާ ލިބޭ ފަރާތްތަކުގެ މައްސަލަތައް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއި، އެ ފަރާތްތަކަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ޚިދުމަތް ގަވާއިދުން ދޭނެ އިންތިޒާމު ހަމަޖެއްސުން.
- ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިނޫންވެސް ވަލްނަރަބަލް ފަރާތްތަކުގެ ކަރާމާތަށް ގެއްލުން ލިބިގެން ހުށަހެޅޭ މައްސަލަތަކުގެ ޙާލަތު ބެލުމާއި، ނަފުސާނީ އެހީތެރިކަން ދިނުމާއި، ހުށަހެޅޭ މައްސަލަތަކުގައި ކަމާބެހޭ އެހެނިހެން ދާއިރާތަކާއެކު މަސައްކަތްކުރުން.
- ޢާއިލީ މައްސަލަތަކުގައި ޞުލްޙަ ކޮއްދިނުމަށް މީޑިއޭޝަންގެ މަގު ފަހިކޮށްދިނުން.
- ކުޑަކުދިންނާއި ޢާއިލީ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ ލަފާ އެޚިދުމަތް އެދޭ ފަރާތްތަކަށް ދިނުން.
- ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިނޫންވެސް ވަލްނަރަބަލް ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުތަކުގެ ދަށުން އެފަރާތްތަކަށް ލިބޭ އަނިޔާތަކާ ބެހޭގޮތުން ހުށަހަޅާ މައްސަލަތައް ބަލައި، އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުން.
- ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިނޫންވެސް ވަލްނަރަބަލް ފަރާތްތަކުގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފުސާނީ ޚިދުމަތްދީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނޭ މަގު ފަހިކޮށްދިނުން.
- އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ފަރާތްތައް ކަނޑައަޅައި، ކަމާބެހޭ ދާއިރާތަކާ ގުޅިގެން، އެ ފަރާތްތައް ބަލަހައްޓާ މަރުކަޒުތަކަށް ނަގައި، އެ ފަރާތްތަކުގެ ޙާލަތު ގަވާއިދުން މޮނިޓަރކުރުން.
- އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ގަވާއިދުން ބެލުމަށާއި، އެ ފަރާތްތަކަށް ކުރަންޖެހޭ ހޯމް ވިޒިޓް ހަދައި ހާލަތު ބެލެހެއްޓުން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމާއި، އަޅަންޖެހޭ ފިޔަވަޅު އެޅުން.
- ބަލަމުންދާ މައްސަލަތަކުގައި ކޯޓުތަކަށް މަޢުލޫމާތު ދޭންޖެހިއްޖެ ހާލަތެއްގައި އެ މަޢުލޫމާތު ހޯދައިދިނުމާއި، ކޯޓުތަކަށް ހާޒިރުވެ ބަޔާންދިނުން.
- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ސައިކޯ ސޯޝަލް ސަޕޯޓް ޑިވިޜަނަށް ފޮނުވަންޖެހޭ މައްސަލަތައް އެ ޑިވިޜަނަށް ފޮނުވުން.
- އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައާއި ބަންދުދުވަސްތަކުގައި އޮންކޯލްގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކަށް ޖަވާބުދިނުމާއި، ލިބޭ ފޯންކޯލްތަކުގެ ރިކޯޑު ބެލެހެއްޓުމާއި، އެ ފޯންކޯލްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމާއި، މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ކޭސް ސުޕަވައިޝަން، ކޭސް މޮނިޓަރިންގ، ސައިކޯސޯޝަލް ސަޕޯޓް އަދި ފޮސްޓަރ ކެއަރއާ ގުޅޭ އެންމެހައި މަސައްކަތްތައް:
- އެފް.ސީ.އެސް.ސީ. ތަކަށް ހުށަހެޅޭ މައްސަލަތަކުގައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އެފް.ސީ.އެސް.ސީ. ތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު، ޑިޕާޓްމަންޓުގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން، ދިނުން.
- ދައުލަތުގެ ބެލުމުގައި ކުދިން ތިބޭ މަރުކަޒުތަކަށް ކުދިންނާއި އެކި ފަރާތްތައް ނެގުމާއި، އެ ފަރާތްތަކުގެ ޙާލަތު ގަވާއިދުން ބަލައި މޮނިޓަރކޮށް ކޭސް އެސެސްޓްމަންޓް ހެދުމާއި، އެފަދަ އެސެސްމަންޓްތަކާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދިއުމުގައި އެ މަރުކަޒުތަކަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު، ޑިޕާޓްމަންޓުގެ ވެރިން ކަނޑައަޅާގޮތެއްގެ މަތިން ދިނުން.
- ސައިކޯސޯޝަލް ސަޕޯޓް ދިނުމުގެ މަސައްކަތްތަކުގައި، ޑިޕާޓްމަންޓުގެ ވެރިން ކަނޑައަޅާގޮތެއްގެ މަތިން ކުރުމާއި، މަސައްކަތުގައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- ފޮސްޓަރ ކެއަރ ސަރވިސަސްގެ މަސައްކަތް ހިންގުމުގައި، ޑިޕާޓްމަންޓުގެ ވެރިން ކަނޑައަޅާގޮތެއްގެ މަތިން މަސައްކަތް ކުރުމާއި، މަސައްކަތުގައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://gender.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ).
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
ސުންގަޑި
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 13:30 އެވެ.
|
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ 2017 ޖަނަވަރީމަހާއި ފެބްރުއަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 7އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
މި މަޤާމަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުން އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މައުލޫމާތުތައް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާ ކުރެވޭނެއެވެ.
|
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
- ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލުކަން ލިބިފައިވުން.
- ސައިކޮލޮޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.
|