ދިވެހިރާއްޖެ
އިޢުލާން
ފ. ނިލަންދޫ "ނޫރުހިޔާ" ޢިމާރާތް ކުއްޔަށްދޫކުރުން
ފ. ނިލަންދޫ ނޫރުހިޔާ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، އެ ޢިމާރާތް ކުއްޔަށްހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުން | 12 ޖަނަވަރީ 2017 | 11:00 ގައި | 
| އަންދާސީހިސާބު ހުށަހެޅުން | 15 ޖަނަވަރީ 2017 | 11:00 ގައި | 
| މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން | ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި | |
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ނޫރުހިޔާ ކުއްޔަށްހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތުގެ ލިޔުމެއް އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 1 ގަޑިއިރު ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
5 ރަބީޢުލްއާޚިރު 1438