ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/275
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 16 ޖަނަވަރީ 2017 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-282445

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ވިލިނގިލި ޔުނިޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. ވިލިނގިލި

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7035ރ

- ސަރވިސް އެލަވަންސް: މަހަކު -/2000ރ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  އިންފޮރމޭޝަން ޓެކްނޮލޮޖީ / ޕްރޮކިއުމަންޓް / ފައިނޭންސްގެ ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޔުނިޓްގެ އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
  2. ޔުނިޓުގެ މުވައްޒަފުންނާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުންގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އެޅުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެކިއެކި އެންގުންތައް އެންގުން.
  3. ވިލިނގިލީ އަވަށުގެ މަގުތަކާއި، ގޯޅިތަކާއި، މައިދާންތަކާއި، ހުސްބިންތައް ކުނިކަހައި ސާފުކޮށް ކުނިނެގުމުގެ ކަންކަން ހިންގައި ބެލެހެއްޓުން.
  4. ވިލިނގިލީ އަވަށުގެ ޕާކުތަކުގައި ގަސް އިންދުމާއި، ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މުވައްޒަފުން ލައްވައި ކުރުވުމާއި ބެލެހެއްޓުން.
  5. ވިލިނގިލި އަވަށުގެ މަގުތަކާއި، ސަރަހައްދުތަކުގައި އަލިކުރުމަށް ޖަހާފައިވާ ބައްތިތައް ދިއްލައި  ބެލެހެއްޓުމުގެ އިންތިޒާމުތައް ބެލެހެއްޓުން.
  6. ވިލިނގިލީ އަވަށުގެ އިމާރާތްތައް އާބާތުރަ ފިލުވައި، މަރާތްމާތް ކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުން.
  7. ވިލިނގިލީ އަވަށުގައި ހިންގާ އެކިއެކި މަސައްކަތްތައް ކުރުމަށް ދޫކުރަންޖެހޭ  ހުއްދަތައް ދޫކޮށްދިނުން.
  8. ވިލިނގިލީ އަވަށުގެ މަގުތަކާއި، ސަރަހައްދުތަކުގައި ހުންނަ ގަސްތައް ކޮށައި ބެލެހެއްޓުމާއި، ގަސް އިންދަންޖެހޭ ތަންތާގައި ގަސް އިންދައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  9. ވިލިނގިލީ އަވަށުގެ ބީޗް ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
  10. ވިލިނގިލީ އަވަށުގެ ރައްޔިތުން ޒަކާތް ދެއްކުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން ރާވައި ހިންގައި ބެލެހެއްޓުން.
  11. އެކިއެކި ޚިދުމަތްތަކަށް ލިބޭ ފައިސާ ކަމާބެހޭ މުވައްޒަފުން ލައްވައި ބަލައިގަނެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޖަމާކުރޭތޯ ބެލުމާއި، ރިޕޯޓުތައް ހެއްދުން.
  12. ވިލިނގިލީގެ ބަނދަރު ސަރަހައްދުގައި ދިމާވާ މައްސަލަތައް ކަމާބެހޭ ސެކްޝަންތައް މެދުވެރިކޮށް ހައްލުކުރުން.
  13. ވިލިނގިލީގައި ހުންނަ ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ވިލިނގިލި އަވަށު ޔުނިޓްގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާއި، އެއްބާރުލުން ދިނުން.
  14. ވިލިނގިލި އަވަށުގެ ރައްޔިތުން ދަތުރުކުރާ ފެރީގެ ނިޒާމު ރަނގަޅަށް ހިނގާތޯ ބެލުމާއި، މައްސަލަތައް ހުރިނަމަ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަންކަން ހައްލުކުރުން.
  15. ވިލިނގިލީ އަވަށުގެ މާރުކޭޓް ހިނގާ ނުހިނގާގޮތް ބަލައި އިޞްލާޙު ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ކުރުން.
  16. މީގެ އިތުރުން މަސައްކަތުގެ ދާއިރާއިން ޑިޕާޓްމަންޓުގެ ވެރިމީހާ ނުވަތަ ޕަމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު
  4. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރުހުރުން.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 16 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީ - ފެބުރުވަރީ މަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން www.housing.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016