ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2016/231
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 29 ޑިސެންބަރު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓް

އިޢުލާން

ނޭޝަނަލް ޕޭ ކޮމިޝަނުގެ މަސައްކަތްކުރުމަށްޓަކައި ލީގަލް ދާއިރާއިން ތަޢުލީމު ހާސިލުކުރައްވައިގެން ތިއްބެވި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓޭރިއަޓްގައި ކޮންސަލްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

21 ޑިސެންބަރު 2016