މަސައްކަތް
ނަންބަރު: MWSC-A/7/ADV/2016/170
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 27 ޑިސެންބަރު 2016 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭގައި ގާއިމުކުރަން ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ހުޅުމާލޭގައި ގާއިމުކުރަން ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 ޑިސެންބަރު 2016 އިން 28 ޑިސެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 ޑިސެންބަރު 29 ވަނަ ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލައިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 3 ވަނަ ދުވަހު 10:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2017 ޖަނަވަރީ 10 ވަނަ ދުވަހު 11:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

 

22 ޑިސެންބަރު 2016