1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގައި ހުއްދަ އޮންނަ ކެޓަގަރީތަކާއި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން.
2. ކުންފުނީގެ ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ދުއްވުން
3. ކުންފުނީގެ ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޗެކްކުރުން.
4. ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން ޗެކްކޮށް، އެއްވެސް މައްސަލައެއް ހުރިނަމަ އެކަން ލޮގްފޮތުގައި ނޯޓްކުރުމާއި، އެކަން ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާއި އެވަގުތު ހަވާލުވެ ހުންނަ ފަރާތަކަށް އެންގުން.
5. ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލްއަޅައި، ފިއުލް އެޅިކަމުގެ ސްލިޕް، ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާ އެވަގުތަކު ހަވާލުވެ ހުންނަ ފަރާތަކާ ހަވާލުކުރުން.
6. ޓްރާންސްޕޯޓުގެ ކަންތައްތަކާ ހަވާލުވެ ހުންނަ ފަރާތަކާ ގުޅިގެން ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން.
7. ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި، ބޭލުމުގައި ޢަމަލީގޮތުން ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|