މަސައްކަތް
ނަންބަރު: (IUL)138-AS6/1/2016/260
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 22 ޑިސެންބަރު 2016 11:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުރަވީ ބިލްޑިންގާއި ޣާޒީ ބިލްޑިންގގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރަވީ ބިލްޑިންގާއި ޣާޒީ ބިލްޑިންގގެ ސެކިއުރިޓީ 1 އަހަރުދުވަހަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 27 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016