މަސައްކަތް
ނަންބަރު: (IUL) PSM-FP/PSM/2016/258
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި:
04 ޑިސެންބަރު 2016 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންޓީރިއާއާއި، އެކްސްޓީރިއާ ފިނިޝިންގގެ ހުރިހާ މަސައްކަތް
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ޓީވީއެމް ނިއުސްރޫމް އިންޓީރިއާއާއި، އެކްސްޓީރިއާ ފިނިޝިންގގެ ހުރިހާ މަސައްކަތްތައް މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި މި ކުންފުނީގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) ރިސެޕްޝަނަށް 2016 ޑިސެންބަރު 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
- 1- ވިޔަފާރި ރަޖިސްޓްރީއާއި، ކުންފުނީގެ ޕްރޮފައިލް
- 2- މަސައްކަތްކޮށްގެން މިހާތަނަށް ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިއުން
- 3- ޓެކްސް މީރާއަށް ދައްކާފައިވާ ކަމުގެ ލިއުން (އެންމެފަހު ކުއާރޓާރގެ)
މަތީގައިވާ ތާރީޚަށް، މި އިޢުލާނުގައި ބުނާ ލިޔުންތަކާއެކު ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް، މަސައްކަތާގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަކާއި، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު މި ކުންފުނީގެ ފަރާތުން ދޭނެ ވާހަކަވެސް ދެންނެވީމެވެ.
24 ޞަފަރު 1438
26 ނޮވެންބަރު 2016