ދިވެހިރާއްޖެ
ފާޚާނާ މަސައްކަތް ކުރުމާބެހޭ:
މި މަދަރުސާގައި 4 ފާޚާނާ ހަދަން ބޭނުންވެއެވެ.
އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
| 
 މަޢުލޫމާތު ސާފުކޮށްދިނުން  | 
 އަންދާސީހިސާބު ބަލައިގަތުން  | 
| 
 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 13:30 އަށް  | 
 2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 13:30 އަށް  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިވެވަޑައިނުގެންނެވޭނެވާހަކަ ދެންނެވީމެވެ.
މި މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)GS-51-Dpt-101/INDIV/2016/34 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލު ކުރީމެވެ.