ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: | ފަޅުވެރި | |
| މަޤާމުގެ ރޭންކް: | އެސް. އެސް. 2 | |
| ބޭނުންވާ އަދަދު: | 1 (އެކެއް) | |
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު | |
| ސެކްޝަން: | ކޯޕަރޭޓް އެފެއާޒް | |
| މުސާރަ: | މަހަކު -/3470 ރުފިޔާ | |
| ސަރވިސް އެލަވަންސް: | މަހަކު -/1000 ރުފިޔާ | |
| 
 ޢިނާޔަތްތައް: | 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2. ދިވަހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ | |
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | ލޯންޗް ޑްރައިވަރުގެ އިރުޝާދުގެ މަތިން ދަތުރުމަތީގައްޔާއި، ފަޅުގައި ލޯންޗް އޮންނައިރު ލޯންޗް ބެލެހެއްޓުމާއި، ދަތުރުކުރާއިރު ޑްރައިވަރަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. | |
| 
 މަޤާމުގެ ޝަރުޠުތައް: | 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. 3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. | |
| 
 ވަޒީފާއަށްޤާބިލް މީހަކު ހޮވުމުގައިބެލޭނެ ކަންތައްތައް: | 1. ވަޒީފާގެ ޝަރުޠު: % 12 2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު: % 26 3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 14 4. ލިބިފައިވާ ހުނަރު (އިންޓަވިޔު) % 48 | |
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: | 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް. | |
| 
 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.,mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ. މެއިލް އެޑްރެސް ހިމެނޭގޮތުން) 3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެފުށުގެ) 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ. ށ. ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެެ އެސެޓުފިކެޓުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 7. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. | |
| އިންޓަވިޔުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިމްތިޙާނު ކުރުން: | ފަޅުވެރިއެއްގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 4 ޑިސެންބަރު 2016 އާއި 22 ޑިސެންބަރު 2016 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. | |
| ޝޯޓް ލިސްޓް ކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | |
| ނޯޓު: | ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. | |
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު  ސާފުކުރުމަށް،  6620331  ނަންބަރު ފޯނަށް، ނުވަތަ 6620261 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6620043 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. | |
21 ޞަފަރު 1438