1. އޮފީހުގެ އޯގަނައިޒޭޝަނަލް ޗާޓާއި އިދާރީ އޮނިގަނޑު އަޕްޑޭޓްކޮށް ބެލެހެއްޓުން.
2. ވަޒީފާތަކަށް ބޭނުންވާ މީހުން ހޯދުމާއި، ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުންފަދަ މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންތައްތައް، ހަމަޖެހިފައިވާ ގަވާއިދުން ހިންގައި ބެލެހެއްޓުން.
3. އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގައި، ދާއިރާއާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މުވައްޒަފުން ގަވާއިދުތަކާއި ހިންގުމުގެ ނިޒާމަށް އަހުލުވެރިކުރުވުމުގެގޮތުން ތަފާތު ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުން.
4. މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ މަސައްކަތްކުރުމާއި، ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން.
5. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް، ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމް ހިންގައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބަލާ ފޯމުތައް ޗެކުކޮށް، އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.
6. ސީނިއަރ މެނޭޖްމަންޓާއި، ސެކްޝަނުގެ މުވައްޒަފުންގެ ކަންތައް ގަވާއިދުން ބެލެހެއްޓުމާއި، ހާޒިރީއާއި، މުސާރައާއި، އެހެނިހެން ޢިނާޔަތްތަކުގެ ރިޕޯޓު ހެދުމާއި، ދުވަހު ރެކޯޑުތައް ފުރިހަމަކުރުން.
7. ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މި ޕްރޮގްރާމުގެ ރައިޓްސް އެކި ދާއިރާތަކުން ކަނޑައަޅާ ވަކި އަދަދެއްގެ މުވައްޒަފުންނަށް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތައް ޙައްލުކޮށް، ދުވަހުން ދުވަހަށް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
8. މުވައްޒަފުންނަށް މަޤާމުގެ ހައިސިއްޔަތުން ދޭންޖެހޭ ތަފާތު ޢިނާޔަތްތައް، ލިބިދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
9. މުވައްޒަފުން ހުށަހަޅާ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އޮފީހަށް އާންމު ފަރާތްތަކުން ހުށަހަޅާ ޚިޔާލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
10. މަސައްކަތުގެ ދާއިރާއިން އިދާރީ މުވައްޒަފުންނަށާއި ފަންނީ މުވައްޒަފުންނަށް ލިބިދޭންޖެހޭ ތަމްރީން ދިނުމަށް، ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޢިލްމާއި ހުނަރުގެގޮތުން މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރުން.
11. ޔުނިޓުން ފޮނުވާ ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން.
12. ޑިޕާޓްމަންޓުގެ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން (ވިސާ ފީ ދެއްކުމާއި، ވަރކްވިސާ ހެއްދުމާއި، ޕާސްޕޯޓްތައް ބެލެހެއްޓުމާއި، ޑޮކްޓަރަށް ދެއްކުންފަދަ ކަންތައްތައް)
13. އޮފީހުގެ މުވައްޒަފުންގެ މުސާރަ ޖެނެރޭޓްކޮށް، މުސާރަޔާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ޙައްލުކުރުން.
|