ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/251
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 29 ނޮވެންބަރު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ނެޓްވާރކް އެޑްމިނިސްޓްރޭޓަރ

މަޤާމް :ނެޓްވާރކް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ނެޓްވާރކް އެޑްމިނިސްޓްރޭޓަރ

މުސާރައާއި އެލަވަންސް:

މަހަކު -/10500 ރުފިޔާ

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

TP 4

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އިންޖިނިއަރިންގ

މަޤާމުގެ ޝަރުޠު:

މަޤާމާ  ގުޅޭ  ދާއިރާއިން  އެޑްވާންސް  ޑިޕްލޮމާ  އޮތުން  ނުވަތަ  ޑިޕްލޮމާއެއް  އޮތުމާއެކު،  ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އޮފީހުގެ ނެޓްވާރކްތައް ބެލެހެއްޓުން (ކޯޕަރޭޓް ނެޓްވާރކާއި ބްރޯޑްކާސްޓް ނެޓްވާރކް)

2. އިންޓަރނެޓް ޕެރެޕެރެލްތައް އިންސްޓޯލްކުރުމާއި، އެތަކެތި ކޮންފިގަރ ކުރުން.

3. ހުރިހާ ސަރވަރތައް ބެލެހެއްޓުމާއި، ސަރވަރތައް މެއިންޓެއިން ކުރުމާއި، ސަރވަރތަކުގެ ބެކްއަޕްނެގުން.

4. އަލަށް ބަހައްޓަންޖެހޭ ސަރވަރތައް ބެހެއްޓުމާއި، އެ ކޮންފިގަރ ކުރުން.

5. ނެޓްވާރކް ފަޔަރވޯލްތައް ބެލެހެއްޓުމާއި، އެތަކެތި ކޮންފިގަރ ކުރުން.

6. އޮފީސް މުވައްޒަފުންގެ ޔޫސަރ އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.

7. އީ-މެއިލް އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.

8. އައި.ސީ.ޓީގެ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، އެންމެ އެކަށޭނަގޮތެއްގައި އެ ސާމާނު ބޭނުންކުރެވޭނެ ގޮތްތައް ހޯދައި، ގުޅުންހުރި ފާރާތްތަކާއެކު މަސައްކަތް ކުރުން.

9. ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް، ބްރޯޑްކާސްޓިންގ ތެރެއަށް ތަޢާރަފްކުރުމަށް ރިސަރޗްކުރުމާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިމްޕްލިމެންޓްކުރުމަށް މަސައްކަތްކުރުން.

10. އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތް، ކުންފުނީގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަ ނިޒާމެއްގެދަށުން ވީ އެންމެ ފުޅާ ދާއިރާއެއްގައި ލިއްބައިދިނުމަށް މަސައްކަތްކުރަން.

11. މަސައްކަތްކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސްކީއާއި، ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ގެންގުޅުން.

އިތުރުގަޑި:

 އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

3. މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.

2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

7. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ

8. ޕޮލިސް ރިޕޯޓް

9. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016