ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައަށް ސޭލްސްމަނެއް ހޯދަން، އާންމުކޮށް އިޢުލާނުކުރަމެވެ.
| މަޤާމް: | ސޭލްސްމަން | ||
| މަޤާމުގެ ކްލެސިފިކޭޝަން ރޭންކާއެކު: | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | ||
| މުސާރަ: | މަހަކު -/3،000 ރުފިޔާ | ||
| ސަރވިސް އެލަވަންސް: | މަހަކު -/1،000 ރުފިޔާ | ||
| އިތުރު ޢިނާޔަތްތައް: | ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން އެލަވަންސާއި، ދަތުރު އެލަވަންސް. | ||
| ބޭނުންވާ އަދަދު: | 1 (އެކެއް) | ||
| މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް: | ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ | ||
| ތަޢުލީމާއި ތަޖުރިބާ: | 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. މި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | ||
| 
 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: | 1. ރަށުގެ އަމަންއަމާންކަމާއި އާންމު މަޞްލަޙަތު ހިފެހެއްޓުމަށް މަސައްކަތްކުރުން. 2. ފިހާރަޔަށް ލިބޭ ބިލްތަކާއި އެނޫންވެސް އެފަދަ ލިޔުންތައް އެންޓްރީކޮށް ބެލެހެއްޓުން. 3. ފިހާރައަށް ގެންނަ މުދާ ބަލައި ޗެކްކޮށް، ބިލުގެ އަނެއްފަރާތުގައި ތައްގަނޑު ޖަހައި، މުދާ ލިބުނުކަމަށް ސޮއިކޮށް، ވެރިއަކު ލައްވައި ސޮއިކުރުވުން. 4. ނައްތާލަންޖެހޭ މުދަލެއް ހުރިނަމަ، މަހަކު އެއްފަހަރު ލިސްޓް ތައްޔާރުކޮށް، ފިހާރައިގެ އެސިސްޓެންޓް މެނޭޖަރ ނުވަތަ ވެރިޔަކާ ހަވާލުކުރުން. 5. ފިހާރަޔަށް ގެންނަންޖެހޭ މުދާ، މުދާ ނޯޓުކުރާ ފޮތުގައި ނޯޓުކުރުން. 6. ފިހާރައަށް ގެނެސްފައިހުންނަ މުދަލުގެ މުއްދަތު ހަމަވޭތޯ ބަލައި، މުއްދަތު ހަމަވާން އެއްމަސްދުވަހަށް ކައިރިވުމުން، ފިހާރައިގެ އެސިސްޓެންޓް މެނޭޖަރ ނުވަތަ ވެރިއެއްގެ ސަމާލުކަމަށް ގެނައުން. 7. ފިހާރައިގެ މުދާ ހަރުތައް ހަޑިވިޔަނުދީ ސާފުކޮށް ބަލަހައްޓަމުންގެންދިއުން. 8. މުދާ ގަންނަން އަންނަ މީހުންނަށް މުދާ ނަގައިދިނުމާއި، މިނެކިރާން ޖެހިއްޖެ ހާލަތެއްގައި މިނެކިރުމާއި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ކަމޭހިތުމާއި އިޙްތިރާމްކުރުން. 9. ފިހާރައިގެ މުވައްޒަފުންގެ ސަލާމާއި، ޗުއްޓީގެ ރެކޯޑާއި، ޑިއުޓީ ހާޒިރީއާއި، ބޭރަށްދިއުމަށް ހުއްދަދޭ މުވައްޒަފުންނާ ބެހޭގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން. | ||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ތައްތައްތައް: | 1. ތަޢުލީމާއި ތަމްރީނު. 2. މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް. 4. ގިނަވަގުތު މަސައްކަތުގެ އުޅެވޭ ފަރާތްތަކަށްވުން. 5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް. | ||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، "ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން. | ||
| އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހު، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވީމާ، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ރަށުގައި ތިބުން އެދެމެވެ. | ||
| 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) 4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ. 5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން. 7. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައިގެ ސޭލްސްމަނެއްގެ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ/އިދާރާގެ ލިޔުމެއް (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން/އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) 8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) 9. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ) | ||
| 
 އެހެނިހެން ކަންތައްތައް: | 1. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. 2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުއްތައް ބަލައެއް ނުގަނެވޭނެއެވެ. 3. މި މަޤާމަށް މީހަކު ހޮވުމުގައި، ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ ރަނގަޅު ފަރާތެއް ހަމަޖެއްސޭނެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހެއްނަމަ މުސާރަ ދެވޭނީ، މަޤާމުގެ މުސާރައިގެ % 85 އަށްވާ މިންވަރަށެވެ. | ||
| އިތުރު މަޢުލޫމާތު: | މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ފ. ނިލަންދޫ ކައުންސިލް އިދާރާގެ 6740016 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. | 
15 ޞަފަރު 1438