ވަޒީފާގެ ފުރުޞަތު
ނަންބަރު: 395-C(A)/2016/064
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 1733
ސުންގަޑި: 13 ނޮވެންބަރު 2016 1330
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ޕްލޭނިންގ އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1 /ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލުގެ އިދާރާ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ ޕޮލިސީ އެންޑް ޕްލޭނިންގ/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ ޕޮލިސީ އެންޑް ޕްލޭނިންގ/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ ޕޮލިސީ އެންޑް ޕްލޭނިންގ/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި  އެހެން ދާއިރާއަކުން ލެވެލް 4  ނުވަތައެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީގެ ކަންތައްތައް ބެލެހެއްޓުމާއި، މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި، ސާފުތާހިރުކަމުގެ ސެޓުފިކެޓުގެ ކަންތައްތައް ބެލެހެއްޓުން.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި، އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

3- އެއްގަމު އުޅަނދުގެ ލައިސަންސް ހެދުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި، އެކަމާ ގުޅުންހުރި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

4- ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ލަފައާއެކު ކުރަންޖެހޭ މަސައްކަތްތައްކުރުން.

5- ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް، ކުރިއަށްއޮތް 5 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.

6- ރަށުގެ ތަރައްޤީގެ ޕްލޭނުގެ މައްޗަށް ބަލައިގެން ތައްޔާރުކުރަންޖެހޭ މަސައްކަތުގެ ތާވަލު ތައްޔާރުކޮށް، ޕްލޭނުގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.

7- ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބު އެއްކޮށް، ތަފާސްހިސާބާބެހޭ ރިޕޯޓުތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސްހިސާބު ބެލެހެއްޓުން.

8- ކުނި ނައްތާލުމުގެ ކަންތައްތައް ބެލެހެއްޓުމާގުޅޭ ކަންކަން ބެލެހެއްޓުން.

9- ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން، ކައުންސިލް މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވާ ހުއްދަތަކާއި، ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.

10- އިދާރީދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެއާގުޅޭ ގަވާއިދު ހެދުމާއި، އެގަވާއިދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން.

11- ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި، ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓްސެކްޝަނަށް ލަފައާއި މަޝްވަރާދީ އެހީތެރިވެދިނުން.

12- ރަށުގެ ތިމާވެށްޓާބެހޭ ކަންތައްތައް ބެލެހެއްޓުން.

13- ރަށުގެ އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތައް ސަރވޭކޮށް ފާހަގަކުރުމުގެ މަސައްކަތްކުރުމާއެކު ބިންބިމާ ގުޅޭ އެންމެހައި މަސައްކަތްތައްކުރުން.

14-  ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން 2 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ، 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން އިސްދޫ ކައުންސިލުގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން (އެތަނުގެ ތައްގަނޑުޖެހި) ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރިމަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 މޭ 2015 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ " ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާ" ގައިވާ ގޮތުގެ މަތިން

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800709 ނަންބަރު ފޯނާއެވެ.

29 މުޙައްރަމް 1438

2016-10-30