ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފުން:
2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.
- 3 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
 - މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
 - ސިޓިންގރޫމް (ފަރުނީޗަރާއެކު)
 - ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް، ވަކި މީޓަރެއް ލާފައިވުން
 - ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
 - ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށިތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
 - ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.
 
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފުސީލު  | 
 ތަން  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތުދިނުމުގެ ބައްދަލުވުން  | 
 ވިލުފުށީ ސްކޫލުގެ އޮފީސް  | 
 14 ނޮވެންބަރު 2016  | 
 ހޯމަ  | 
 10:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ވިލުފުށީ ސްކޫލުގެ އޮފީސް  | 
 17 ނޮވެންބަރު 2016  | 
 ބުރާސްފަތި  | 
 12:00  | 
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
30 މުޙައްރަމް 1438