މަސައްކަތް
ނަންބަރު: H-2016/239
ޕަބްލިޝްކުރި ތާރީޚް: 03 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 09 ނޮވެންބަރު 2016 09:59
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކ. މާފުށްޓާއި އދ. މަހިބަދޫ އިންޖީނުގޭގައި ހުރި ކޭބަލްތަކެއް ނަގައިގެން ކ. ހިންމަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ދަށުން ހިންގާ ކ. މާފުށްޓާއި އދ. މަހިބަދޫ އިންޖީނުގޭގައި ހުރި ކޭބަލްތަކެއް ނަގައިގެން ކ. ހިންމަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 10:30 އަށް މި ކުންފުންޏަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.

މި ޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު:

އަގަށް: 85 ޕޮއިންޓް     

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x

މުއްދަތު: 10 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x

ތަޖުރިބާ: 5 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.                       

އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2016/239

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުަދަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. 

3 ޞަފަރު 1438

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3338121 / 3338125 ނަންބަރު ފޯނާއެވެ.
  • އީމެއިލް ކުރާނީ [email protected]
03 ނޮވެންބަރު 2016