މަސައްކަތް
ނަންބަރު: (IUl)14-PR/1/2016/69
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 09 ނޮވެންބަރު 2016 23:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ލޯންޗު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ 7 ނަންބަރު ލޯންޗު މަރާމާތުކުރުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/68 އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 23:30 ގެ ކުރިން އެފަރާތުގެ ނަމާއި، ގުޅޭނެ ނަންބަރު މިއޮފީހުގެ [email protected] އީ-މެއިލަށް ފޮނުއްވުމަށް ދަންނަވަމެވެ. 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހު ލޯންޗު ދައްކާލުމަށް ހަމަޖެހިފައިވާތީ، ސައިޓަށް ދިއުމުގެ އިންތިޒާމު މިއޮފީހުން ހަމަޖެއްސުމަށްފަހު އީމެއިލް ކުރައްވާފައިވާ ފަރާތްތަކަށް ދާންޖެހޭ ގަޑި އަންގައިދެވޭނެއެވެ. އަދި 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ވަގުތުގައި މިއޮފީހަށް މެއިލް ކުރައްވާ ފަރާތްތަކަށެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016