| މަޤާމް: އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ ގްރޭޑް 2 | 
| މުސާރަ  އާއި އެލަވަންސް: | މަހަކު -/7800 ރުފިޔާ | 
| އިތުރުގަޑި: | އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| މަޤާމުގެ ރޭންކް: | AS 8 | ބޭނުންވާ އަދަދު: | 2 (ދޭއް) | 
| މަސައްކަތް ކުރަންޖެހޭ ތަން: | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް: | އެޑްމިން އެންޑް ކޯޕާރޭޓިވް އެފެއާޒް | 
| މަޤާމުގެ ބާވަތް | 1 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް | 
| މަޤާމުގެ ޝަރުޠު: | 1. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. ދާއިރާގެ 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 1. ކުންފުނީގެ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވެހިކަލްތަކުގެ ކަންތައްތައް ބަލައި، ދަތުރުތައް ލޮގްކޮށް އަޕްޑޭޓްކުރުން. 2. ކުންފުނީގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހައި ތަންތަނުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމާއި، ލޮގްކުރުން. 3. ދަންވަރު 12:00 ގެ ފަހުން ޑިއުޓީތަކުގައި ތިބޭ މުވައްޒަފުންނާއި، ސެކްޝަންތައް މޮނިޓަރކުރުމުގެގޮތުން ބަލައި، ޗެކްކުރުމާއި ދިމާވާ މައްސަލަތައް ލޮގްކުރުން. 4. ކުންފުނީގެ ހުރިހާ ވެހިކަލްތަކެއް މޮނީޓަރކުރުމާއި، ދިމާވާ މައްސަލަތައް ލިސްޓްކުރުން. 5. ޑިއުޓީގަޑި ނޫނަސް، ކުންފުޏަށް ދަތިވެގެން ގުޅައިފިނަމަ، ކުންފުނީގެ މަސައްކަތްކުރުމަށް ނުކުމެދިނުން. | 
| ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން: | - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. - މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައްހުރި މިންވަރަށް ބަލައިގެން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | - ވަޒީފާއަށް އެދޭކަމުގެ ސިޓީ. - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. - ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް. - ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ. - ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | 
| އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. | 
| ސުންގަޑި: | މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |