| 1. ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެއްޗަށް ރިކުއެސްޓް ކުރުން. 2. ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކުގެ ސޮފްޓްވެއަރ އަޕްޑޭކުރުން. 3. އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ ބެލުމުގެދަށުން ހިންގަންޖެހޭ އެކި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުމާއި ބައިވެރިވުން. 4. ޑިޕާޓްމަންޓުގެ  ފަރާތުން  ބަލަހައްޓަންޖެހޭ  އެންމެހައި  މަޢުލޫމާތުތަކާއި  ރެކޯޑުތައް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވުން. 5. ކުންފުންޏަށް ލިބޭ ސިޓީތަކާއި އެހެން ޑޮކިއުމެންޓްތައް ފައިލްކޮށް، ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުމާއި، ބޭނުންކުރަންޖެހޭ ފަރާތްތަކަށް ލިބިދިނުން. 6. އެކި ޑިޕާޓްމަންޓުތަކުގެ ފަރާތުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެގްރިމަންޓްތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ގާތުން ބެލުމާއި، އެކަމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުމާއި، އެގްރީމެންޓްތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން. 7. ކުންފުނީގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމާއި، އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުން. 8. ރަސްމީ ގަޑި ނޫނަސް، އޮފީހުން އެދިއްޖެ ހާލަތެއްގައި، އެކިކަންކަމުގައި އެހީތެރިކަން ދިނުން. |