ދިވެހިރާއްޖެ
އިޢުލާން
މަދަރުސާގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލު ކުރުމާބެހޭ
މި މަދަރުސާ ކަރަންޓު ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާއި، ބައެއް ޢިމާރާތްތަކުގެ ވަޔަރު ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. | ހދ. އަތޮޅު މަދަރުސާގެ އޮފީސް | 
| މަޢުލޫމާތު ސާފުކުރުން. | 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 11:00 ގައި | 
| އަންދާސީހިސާބު ހުށަހެޅުން. | 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00 ގައި | 
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 މުޙައްރަމް 1438