ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު:  | 
 2 (ދޭއް)  | 
| 
 މަޤާމް ނަންބަރު:  | 
 188OD/22/2016/9  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 4  | 
| 
 މަޤާމު އޮތް އޮފީސް:  | 
 ހއ. އަތޮޅު ތަޢުލީމީ މަރުކަޒު  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 އިދާރީ  | 
| 
 މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:  | 
 ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ  | 
| 
 މުސާރައާއި އެލަވަންސް:  | 
 މުސާރަ: -/5020 ރުފިޔާ ސަރވިސް އެލަވަންސް: -/1500 ރުފިޔާ  | 
| 
 މަޤާމުގެ ދާއިރާ:  | 
 އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓް  | 
| 
 އެހެނިހެން ޢިނާޔަތްތައް:  | 
 ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 މަޤާމުގެ ޝަރުޠު:  | 
 - އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 - ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން. - ވަޒީފާ ބަޔާން ތައްޔާރުކުރުން. - ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން. - ސެޕް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން. - ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން. - އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.  | 
| 
 މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
 - ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިޢު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.  | 
| ސުންގަޑި: | 
 ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.  | 
| ހުށަހަޅަންޖެހޭ ތަކެތި: | 
 - ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - މަސައްކަތު ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.  | 
| އިންޓަވިއު: | 
 - މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު ލިޔުމުން އެންގޭނެއެވެ. - އިންޓަވިއު އޮންނާނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. - ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ފުރިހަމަވާ ފަރާތްތައް 10 އަށްވުރެ ގިނަނަމަ، އިންޓަވިއުކުރާނީ ޝޯރޓް ލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކާއެވެ.  | 
| އިތުރު މަޢުލޫމާތު: | 
 އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6500014 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6500560 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  | 
18 މުޙައްރަމް 1438