ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ތަރައްޤީކުރެވޭ ނެޓްބޯޅަކޯޓު، ވޮލީކޯޓު އަދި ބާސްކެޓްކޯޓުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
ވީމާ، ދުވާފަރުގެ ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚު  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 25 އޮކްޓޫބަރު 2016  | 
 އަންގާރަ  | 
 13:30  | 
| 
 ބިޑް ހުށަހެޅުން  | 
 30 އޮކްޓޫބަރު 2016  | 
 އާދީއްތަ  | 
 13:30  | 
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެމީހަކު ބަދަލުގައި ފޮނުއްވާކަން އެނގޭނެފަދަ ލިޔުމެެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުއްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.