| މަޤާމު: އޮންއެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 3 | 
| މުސާރައާއި އެލަވަންސް | މަހަކު -/8000 ރުފިޔާ | 
| މަޤާމުގެ ރޭންކް | TP 9 | ބޭނުންވާ އަދަދު | 6 | 
| މަސައްކަތް ކުރަންޖެހޭ ތަން | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް | ޓީވީ ޕްރޮގްރާމް / އޮންއެއަރ | 
| މަޤާމުގެ ޝަރުޠު: | ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | ލައިވް އިވެންޓްތަކާއި ޚަބަރަށް ތައްޔާރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އެހީތެރިވެދިނުން. އަދި އޮންއެއަރ ޑިޕާޓްމަންޓްގެ ވެރިންގެ އިރުޝާދާ އެއްގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. | 
| އިތުރުގަޑި: | އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު | މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | 
| ސުންގަޑި   | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ. |